މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ލުއި ދެވުނު ނަމަވެސް، އެ ލުއިތަކުގެ ނާޖާއިޒް ފައިދާ އެއްވެސް ރައްޔިތަކު ނުނެގުމަށް ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ގޮވާލައްވައިފިއެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުނަށް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައި އެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލުއި ދިން ނަމަވެސް ކޯވިޑް19ގެ ނުރައްކާ އަދި މާބޮޑަށް ލުއި ނުވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެ ކޮންމެހެން ނުކުންނަން ނުޖެހޭ ނަމަ ބޭރަށް ނުނިކުތުމަށާއި ދެވޭ ހުއްދަތަކުގެ ނާޖާއިޒް ފައިދާ ނުނެގުމަަށް އެންމެހާ ރައްޔިތުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ލުއިތަކަކާ އެކު މާލެ ސިޓީގެ ލޮކްޑައުން މިހާރު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުވެސް އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
ލޮކްޑައުންއަށް ލުއިދިނުމުގެ މި މަރުހަލާގައި ލުއިދީފައިވަނީ ގެއިންބޭރަށް ނުކުތުމަށް ހުއްދަދޭ މިންވަރު އިތުރުކޮށް ބައެއް ކަހަލަ އާންމު ޚިދުމަތްތައް ހުޅުވާލާ ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވާލުން ފަދަ ލުއި ތަކެވެ. އަދި ނަތީޖާއަށް ބަލައި ކުރިއަށް އޮތް ދެ ހަފުތާ ފަހުން އިތުރު ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު