ރާއްޖޭގައި ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއިން އިތުރު ހަތް ރަށުގައި އެނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފަންބޮނޑިން އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމް ކޮށްފައި ވަނީ ތ. އަތޮޅު ވިލުފުށީގަ އެވެ. މިހާރުވެސް މިނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ދެ ކުންފުނި ދިރާގާއި އުރީދޫ އިންވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
ފަންބޮނޑީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ މި ޕޮރޮޖެކްޓަށް ބޭނުންވާ ހުރިހާ މެޝިނަރީތަކާއި ކޭބަލާއި މަގުމަތީ ފޮށިތަކާއި އެހެންވެސް ނެޓްވޯކް ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ ގެނެވި ނެޓްވޯކްތައް ގާއިމް ކުރާ ސަރަހައްދުތަކަށް އެތަކެތި ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގާއިމް ކުރާ ނެޓްވޯކްތަކުގައި ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ސާވިސް ޕްރޮވައިޑަރުންނަށްވެސް ރައިޑް ކުރުމުގެ ފުރުސަތު އޮންނާނީ ހުޅުވާލެވިފައި. މިސާލަކަށް މިހާރު ވެސް ވިލުފުށީ ނެޓްވޯކްގައި އުރީދޫއާއި ދިރާގުން ވެސް އެދަނީ ހިދުމަތް ދެމުން." އާސިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ސާރވިސް ޕްރޮވައިޑަރެއް ނެޓްވޯކެއް ގާއިމް ކުރުމުގެ ބަދަލުގައި އޯޕަން އެކްސެސް ނެޓްވޯކެއް ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުން ކަސްޓަމަރުނަށް ވެސް ލުއި ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ. އަދި ސާރވިސް ޕްރޮވައިޑަރުންގެ އޮޕަރޭޝަން ކޮސްޓް ވެސް ވަރަށް ބޮޑަށް ކުޑަ ވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ. އޭގެއިތުރުން މިއީ އެންމެ ކަނެކްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކްތަކެއް ކަމަށް ފަންބޮނޑިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު