އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް މިހާލަތުގައި އެމަސައްކަތްކުރޭވެނެ މަގު ތަނަވަސް ކޮށްދޭންޖެހޭ ކަން ސަރުކާރަށް އެގެންޖެހޭނެ ކަމުގައި ކުރީގެ ބަންޑާރަ ނައިބު ޑރ.މުހަންމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި ޑރ. މުހަންމަދު މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް މަހުން މަހަށް މުސާރަ ލިބެމުންދިޔަ ނަމަވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އަނބިދަރިންނަށް ކާންބޯންދީ ހަދާ މީހުންނަށް އާމްދަނީ ލިބެމުންދާނީ އެމަސައްކަތް ކުރެވޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދީގެން ކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
"ތިމާ އަށް ކޮންމެ މަހަކު ރައްޔިތުންގެ ފައިސާ އިން މުސާރަ ޖަމާވިއެއް ކަމަކު އެގޮތަށް މުސާރަ ނުލިބޭ މީހުން ތިބި ކަމާއި, އެމީހުންނަށް ކައިގެން ބޮއިގެން އުޅެވޭނީ އެމީހުންނަށް މަސައްކަތް ކުރެވިގެން އާމްދަނީ އެއް ލިބިގެން ކަންވެސް އެގެން އެބަޖެހޭ." ވެރިކަން ކުރާ އެމްޑީޕީގެ ރަައީސް ކަން ވެސް ކުރެއްވި ޑރ.މުނައްވަރު ވިދާޅުވިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި 2010 ގައި ޑރ. މުނައްވަރު ސިޔާސީ ޕާޓީއެއްވެސް އުފެއްދަވާފައިވެއެވެ. އެކަމަކު، ކުދި ޕާޓީތަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ވިދާޅުވެ، 2013 ގައި އެ ޕާޓީ އޭނާ އުވާލެއްވީއެވެ. ސަރުކާރުން މިހާރު ވަނީ ކޯވިޑާ ގުޅިގެން އާމްދަނީ އަށް އަސަރު ކުރި ފަރާތްތަކަށް ކުރިއަށް އޮތް ތިން މަހަށް، މަހެއްގެ މައްޗަށް 5000 ރުފިޔާ ދިނުމަށް ނިއްމާފައެވެ.
މީގެ އިތުރުން ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ލުއިތަކެއްދީ ފިހާރަ ތަކާއި އާންމު ބައެއް ޚިދުމަތްތައް ވެސް ހުޅުވާލުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.
މަހުން މަހަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ ސަރުކާރުން މުސާރަ ނުލިބޭ އެތައް ބަޔަކު ތިބޭނެ ކަމަށް ބަލައިގެން އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތް ނުކުރާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު