މާލޭގެ ރައްޔިތުންނަށް ގޯތިދޫކުރުމުގައި ފާހަގަވެފައިވަނީ މައިގަނޑު ހަތަރުކަމެއް ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލާގައި މާލެއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަށް އެކަން ނުކުރެވި ވަނީ ބައެއް މެންބަރުންނަށް ވަގުތު ހުސްކުރެއްވުމުގައި ހުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ ބައްދަލުވުން އިންތިޒާމް ކުރަށްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މެންބަރުންނާ މަޝްވަރާކުރަށްވަން ހުރީ މާބޮޑެތި ކަންތައްތައް ނޫން ކަމަށެވެ. އެގޮތުން ގޯތި ދޫކުރުމުގައި މައިގަނޑު ގޮތެއްގައި ސަރުކާރުން ބަލަނީ 4 ކަމަކަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ޖޮއިންޓް އެޕްލިކޭޝަނަށް އަޅުގަނޑުމެން ސްކޯރިނެއް ދޭނަން. އެހެންނަމަވެސް މީހަކާ އިނދެގެން އުޅޭތީއޭ ކިޔާފައި އިތުރު މާކުހެއް ދޭގޮތަކަށް ނޫން. ދެން އެމީހެއްގެ ބަލަދުއަރާ މީހުންގެ ޢަދަދަށް ބެލުން. ދެން ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ބަލަންޖެހޭ ފަރާތެއްތޯ ބަލަން. ދެން ބަލަންޖެހެނީ ދިރިއުޅުމުގެ ޙާލަތު." މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައިވެއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގާ އެއްއަމާޒެއްގާ ތިބެ އެމަންޒިލަށް ވާޞިލްވުން." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު