ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް އަންނަ ހަފުތާގައި އައްޑޫ އެއިމްސް ކްލިނިކްގައި ގާއިމު ކުރެވޭނެ ކަމަށް އެއިމްސް ކްލިނިކް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހްސާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޢިހުސާން ވިދާޅުވީ އަންނަ ހަފުތާގައި އައްޑޫ ސިޓީ ފޭދޫ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.
މާލޭގައި ކޯވިޑް-19 ފެތުރެން ފެށިތާ ދޮޅުމަސް ދުވަސް ވެފައި ވާއިރު މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބަދީ ބޮޑު ސިޓީގައި މިހާތަނަށް ވެސް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް ހަމަޖެހިފައިނެތުމަކީ އައްޑޫ ސިޓީގެ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އައްޑޫގައި ކޯވިޑް-19 އަށް ޚާއްޞަކޮށް ތަރައްގީ ކުރާ ހޮސްޕިޓަލުގައި ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ބަލި ފެތުރެން ފެށިތާ ހަތަރުމަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޓެސްޓް ކުރޭނެ ނިޒާމު ހަމަޖެހިފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ އެކަމާމެދު ބަހުސް ހިނގާފައެވެ. މިހާތަނަށް އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ގާއިމު ވެފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު