ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސްހަދާ ބަޔަކު އުޅޭކަމަށް ބުނާ މައްސަލައިގާ ކޮންމެވެސް އެއްވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް ބެލެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ ފުލުހުންގެ ތެރޭގައި ނުނިޔަތްލައިގެން މަސައްކަތް ކުރަށްވާ ބޭފުޅުން ނެތްކަމަށް ދާޚިލީވަޒީރު އިމްރާން ޢަބްދުالله ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ދާޚިލީ ވަޒީރަށް ކުރެއްވި ސުވާލުގައި ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގައި ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ޖުޑީޝަރީ ކޮމެޓީގައި ވިދާޅުވި ވާހަތަކާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރ އިމްރާން ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ބަންޑާރަ ނައިބު އިޝާރާތް ކުރެއްވިފަދަ "ނުނިޔަތެއް ބާއްވައިގެން" ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭކަމަށެވެ.
މިނިސްޓަރ އިމްރާންގެ ޖަވާބާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ "ކޮންމެސް އެއްވަޒީރަކު އިތުރުފުޅު ހައްދަވަނީ" ކަމަށެވެ.
މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ ގަސްދުގައި ގޯސް ހަދާ އެންމެ ފުލުހެއްގެ މައްސަލަ ވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް ފުލުހުން ތަހްގީގު ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި އަތުލައިގަތް ތަކެތީގެ އިންވެންޓްރީ ނެގުމަށް ފަހު ހަނދާންނެތިގެން އެލިޔުން ހަވާލު ނުކޮށް އޮތް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި އެމައްސަލަ ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެންގެވުމުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން މައްސަލައިގައި ހިމެނޭ މީހުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އިންވެންޓްރީ ހަވާލު ނުކުރުމުގެ ސަބަބުން މުހިއްމު ހެކިތަކެއް ގެއްލިފައި ވީނަމަވެސް މަސްތުވާތަކެތީގެ އެމައްސަލައިގައި މިހާރު ދައުވާ އުފުލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު