ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރު ކުރެއްވި މ. ޒޭވަރު އަބްދުއްރަޝީދު އަލީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެެވެ.
އުމުރުން 75 އަހަރުގައި މ. ޒޭވަރު އަބްދުއްރަޝީދު އަވަހާރަވެފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޢަބްދުއްރަޝީދަކީ ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕާފުޅެވެ.
އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރުކަން 20 އަހަރު ކުރަށްވާފައެވެ. އޭގެއިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންވެސް ޢަބްދުއް ރަޝީދު ކުރަށްވާފައިވެއެވެ. އޭގެއިތުރުން ފުލުސް ކޯޓުގެ އިސްގާޟީ ކަމާއި ބަންޑާރަނައިބުގެ އެހީތެރިޔާ ކަމާއި އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަންވެސް އަބްދުއްރަޝީދު ކުރަށްވާފައިވެއެވެ.
އަބްދުއްރަޝީދު އަވަހާރަވި އިރު، އަނބިކަނބަލަކާއި، ހަތަރު ދަރިކަލުން، އަދި ތިން ދަރިކަނބަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު