ފުރަތަމަ އިސްލާހުވާންވީ މެންބަރުން ކަމަށާއި މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މަޖިލީހުން ހަމަޖެއްސުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ސައްލެ ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިމޭރުމުން ވިދާޅުވީ މަޖިލީހުގެ މެންބަރުން މަޤާމުން ވަކިވިނަމަވެސް މެންބަރުންނާއި ޢާއިލާއަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމާމެދު މަޖިލީހުގެ ޢާއްމު ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްގެންދިޔަ ބަހުސްގައެވެ.
މެންބަރު ސަލީމް ވިދާޅުވީ މެންބަރުންނަށް ދެވޭ އިނާޔަތްތަކަކީ މެންބަރުންގެ އިމްތިޔާޒްތަކާބެހޭ ޤާނޫނުގެ ދަށުން ދެވޭ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މެންބަރުކަމުން ވަކިވުމަށްފަހުވެސް ވަރަށްގިނަ އިނާޔަތްތައް ލިބޭ ކަމަށާއި އެގޮތުން އެއްދައުރު މެންބަރުކަން ކުރެއްވުމުން މުސާރައިގެ 30 އިންސައްތަ އަދި ދެދައުރު މެންބަރުކަން ކުރެއްވުމުން 45 އިންސައްތަ ލިބޭކަން ސައްލެ ފާހަގަކުރެއްވިއެވެ.
"މަޖިލީހުގެ މެންބަރުންނެކޭ އެއްގޮތަށް ރައްޔިތުގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްވެސް މިއޮންނަނީ ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ދޭފަދަ ހެލްތް އިންޘުއަރެންސް ސްކީމެއް ދޭގޮތަށް. އޮފިޝަލް ޕާސްޕޯޓުވެސް ދޭންޖެހޭ ގޮތަށް." ސަލީމް ވިދާޅުވިއެވެ.
މެންބަރު ސަލީމް ވިދާޅުވީ މިހާރު މަޖިލީހުން ޢަމަލުކުރަމުންދާ ގޮތަކީ އެންމެ ރަނގަޅުގޮތްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މެންބަރުންނާއި މެންބަރުކަމުން ވަކިވެފައިވާ ބޭފުޅުންނަށްވެސް މަޖިލީހުން އަމިއްލަ އަށް މުސާރައާއި އިނާޔަތް ހަމަޖެއްސުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެއީ މަސްލަޙަތު ފުށުއަރާ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފާސްކުރާ ޤާނޫނަކުން އަޅުގަނޑުމެން ނިންމާ ނިންމުންތަކެއްގެ މައްޗަށް އަޅުގަނޑުމެންނަށް މޮޅުގޮތަށް އަޅުގަނޑުމެން ކަންކަން ނިންމަމުންމިދާ ދިއުމުގެ ވާހަކަ އަޅުގަނޑުމެން ނުދައްކަމު. އަޅުގަނޑުމެންނަކީ އެހެންމީހުންނަށް އިންތިހާއަށް ފާޑުކިޔާ އެހެން މުއައްސަސާތަކަށް ހަދަންވީގޮތް ބުނެދީ ކޮރަޕްޝަންގެ ވާހަކަތައްދައްކާ މަޖިލިސް." މެންބަރު ސަލީމް މިއަދު ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ މިހާތަނަށް މަޖިލީހުން މުސާރަކަނޑައެޅީ އަމިއްލައަށް ކަމަށާއި މެޑިކަލް އިންޝުއަރެންސްވެސް ކަނޑައެޅީ އަމިއްލައަށް ކަމަށެވެ. އަދި އެހެނިހެން އިނާޔަތްތައްވެސް ލިބެންޖެހޭނެކަމަށް އަމިއްލައަށް ކަނޑައަޅައި އަނބިދަރިންނަށްވެސް އިނާޔަތްލިބެން ޖެހޭނެކަމަށް އަމިއްލައަށް ކަނޑައަޅާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ތަންތަނުން މިސާލު ނަގައިގެން އުޅޭއިރު މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ޢަމަލުކުރާގޮތެއް ނޫން ކަމަށެވެ. އެހެނިހެން ޤައުމުތަކުގައި މެންބަރުންގެ މުސާރަ ކަނޑައަޅަނީ ވަކި ކޮމިޝަނަކުންކަމަށް ސަލީމް މިއަދު ވިދާޅުވިއެވެ. އަދި އެފަދަ މިސާލުތަކުގައި ހިފުމަށް ސަލީމް މިއަދު ވަނީ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.
މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ފުރަތަމަ އިސްލާހުވާންވީ މަޖިލީހުގެ މެންބަރުން ކަމަށާއި އެހެންމީހުން އިސްލާޙު ކުރުމުގެ ވާހަކަ ދައްކާނީ އޭގެ ފަހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު