ޢިސްކަންދަރުކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފާއި އޭސީޕީ ނަވީން
ޢިސްކަންދަރުކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފާއި އޭސީޕީ ނަވީން
އޮފީސްތައް ހުޅުވުމުގެ ހުއްދަ އަށް އެދި ހުށަައަޅަންޖެހޭނީ އިކޮންމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ވިޔަފާރި އާއި ގުޅޭ ހުއްދަ އަށް އެދި ހުށައަޅަންޖެހޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށް ކަމަށް ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ވަކިވަކި ފަރުދުންނާއި ވަކިވަކި ފަރާތްތަކަށް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންގެންދާނީ މިހާރު ވެސް އޮންނަ ގޮތަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މާލޭގައި ބޭރަށް ނުތުމަށް ދޭ ހުއްދަ ކުރިއަށް އޮތް ތާނގައިވެސް ދެމުންދާނީ ޕޮލިސް ޕޯޓަލްގައި އެކަމަށް އެދުމުން ކަމަށް ޝަމާއު ވިދާޅުވިއެވެ.

"އިންޑިވިޖުއަލް އެކިއެކި ހުއްދަތައް މިހާރުވެސް ކުރިއަށްދާނީ ކުރީގައިވެސް ކުރިއަށްދިޔަ ގޮތަށް ޕޮލިސްގެ ޕޯޓަލް މެދުވެރިކޮށް. އެއީ ބޭރަށް ނުކުންނަންވީމަ ތި ނަގާ ހުރިހާ ހުއްދަތައް ވެސް. ކުރީގަ ކުރަމުން އައިގޮތަށް އެއްވެސް ބަދަލެއް ނާދޭ." ޝަމާއު ވިދާޅުވިއެވެ.

އެހެން ނަމަވެސް ވިޔަފާރި އާއި ގުޅޭ ހުއްދަތައް ހޯދުމަށް ދެން ހުށައަޅަންޖެހޭނީ މާލެ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، މާލެ ސިޓީ ކައުންސިލުން ވެރިފައި ކުރުމުން އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށް ޝަމާއު ވިދާޅުވިއެވެ.

"މިއައި ބަދަލަކީ ވިޔަފާރިތަކާ ގުޅުންހުރި ހުއްދަތައް، ދެން ތިބޭފުޅުން ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އިންނަ ޕޯޓަލްއަށް. ދެން އެއަށްފަހު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްދިޔުމަށްފަހު ޕޮލިސް އިން ޕާމިޓްތައް ދޫކުރަމުން އަންނާނެ." ޝަމާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކިއެކި އޮފީސްތައް ހުޅުވުމުގެ ހުއްދަ ނަގަންޖެހޭނީ އިކޮންމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ވިޔަފާރިތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެދި ހުށައަޅަން ޖެހޭނީ މިކަމަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓު ގައި، ހުންނަ ޕޯޓަލް އަށެވެ. ހުއްދަތަކަށް އެދި މާލެ ސިޓީ ކައުންސިލަށް ހުށައެޅި ކަމުގައިވީ ނަމަވެސް، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ހުއްދަ ދޭނީ ފުލުހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން