ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި ފަރާތާއި މެދު ފިޔަވަަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާ އިން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޮަޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭގައި މަރުވެފައި އޮތް ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޝޯޝަލް މީޑިޔާގައި އެ ދޮގު ޚަބަރު ފެތުރި މައްސަލަ ތަހުގީގް ކޮށް އަަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ މެސެޖްގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ އެ ފޭސްބުކް ޕޯސްޓް ޑިލީޓްކޮށް އެ ޝެއާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
"ކޯވިޑް-19 އާއި ގުޅިގެން ދޮގު މައުލޫމާތު ފެތުރި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާނެ ކަމުގައި ދަންނަވަން. މިފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކުރަން." ފުލުހުންގެ މެސެޖްގައި ބުނެފައިވެއެވެ.
އަހްމަދު މުއާޒް ކިޔާ މީހަކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ބާތުޓަބެއްގެ ތެރޭގައި އޮތް މީހެއްގެ ފޮޓޯއާ އެކު ލިޔެފައިވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިހު އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގްކޮށް އޭނާ ވަނީ އެކުވެރިޔާ އަށް ހެޔޮ ދުއާ ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު