އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް
ވިޔަފާރިތަކަށް ދޫކުރާ ހުއްދައިގެ އަދަދު 51 ހާހަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް އެ އަދަދަށް ހުއްދަ ދޫކޮށްގެން މެނޭޖްކުރެވޭނެ ކަމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ފައިރޫޝް ވިދާޅުވީ، މިހާރު އިތުރު ވިޔަފާރިތަކަށްވެސް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި، ވިޔަފާރިތަކަށް ދޫކުރާ ހުއްދައިގެ އަދަދު މިފަހަރު ތިން ގުނައާ ކައިރި ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ކުރިން ގަޑިއިރަކަށް ވިޔަފާރި ކުރަން ނުކުންނަށް ހުއްދަ ދޫކޮށްފައިވަނީ 31،000 މީހުންނަށެވެ. އޭރު އެއްވަގުތެއްގައި 26 ޒޯންގައި 624 މީހުން އުޅޭ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ލުއިތަކާއެކު ދެން ހުއްދަދޭނީ މާލޭގެ ކޮންމެ ސަރަހައްދަކަށްވެސް ހުއްދައިގެ ދަށުން ދެވޭ ގޮތަށް ކަން ފާހަގަކުރަައްވަމުން ފައިރޫޝް ވިދާޅުވީ އެ ގޮތަށް ހުއްދަ ދޭނީ ވީހާވެސް ބޮޑަށް މުޅި މާލެ އެއްވަގުތެއްގައި ތޮއްނުޖެހޭނެ ގޮތައް ބަލައިގެން ކަމަށެވެ.

"ގަޑިއިރަކަށް އުޅޭނީ ހާހެއްހާ މީހުން. އެއަދަދު 200 އަށްވުރެ އިތުރުވެސް ވެދާނެ." ފައިރޫޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް އެއްގަޑިއިރު ދިންނަމަވެސް މިހާރު ދެގަޑިއިރު ދޭން ނިއްމާފައިވާ ކަމަށެވެ. ފައިރޫޝް ވިދާޅުވީ ވިޔަފާރި ކުރުމުގެ ހުއްދަދޭނީ ހެނދުނު 9:00 އިން ރޭނގަޑު 9:00 އާއި ދެމެދުގެ ގަޑިތަކުގައި ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ސައިކަލުގައި ދަތުރު ކުރެވޭނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ވިޔަފާރި ކުރުމާއި ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތް ނަމަވެސް މާސްކް އެޅުމާއި ގައިދުރުކުރުމާއި، ގައިދުރުކުރުމަށް ޖަހާފައިވާ ފާހަގަތަކުގައި ކެތްތެރިކަމާއެކު ތިބެންޖެހޭ ކަމަށެވެ. އަދި ބޭރަށް ނުކުތުމަށް ފުލުހުން ދޫކުރާ ހުއްދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް ރައްޓެހިންނާއި ބައްދަލުކޮށް ގޭގެއަށް ޒިޔާރަތް ކުރުން ފަދަ ކަންކަމުގައި ބޭނުން ނުކުރުމަށް ނަވީން އިލްތިމާސްކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

ބޭރަށް ނުކުތުމަށް ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދިގެންނެވެ. އެހެން ނަމަވެސް ވިޔަފާރިތަކާ ގުޅުންހުރި އެކިއެކި ހުއްދަތަކަށް އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ. އޮފީސްތައް ހުޅުވުމަށް ހުއްދައަށް އެދޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއިންނެވެ. ޢެ މުވައްސަސާ ތަކުން ހުއްދަ އަށް އެދި ހުށައަޅާ ފޯމް ވެރިފައި ކުރުމުން ހުއްދަ ދޫކުރާނީ ފުލުހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން