އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދު
އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދު
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް ކުރިއަށް ގެންދާ "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ފަށައިފިއެވެ.

އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި މިއަދު ބޭއްވި ހަފުލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ 30 ގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމާއި އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ކަމަށެވެ. އެގޮތުން ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިޔަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ދިިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫމް ހުންނަނީ އަމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސް އިމާރާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން