ކޯވިޑް-19 އާއި ގުޅިގެން ޓެކްސީ ފަދަ އުނަޅަދު އެމްބިއުލަންސްގެ ގޮތުގައި ބޭނުންކުރުމުގެ އުސޫލެއް ކަނޑައަޅައި އާންމު ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ހާލަތަށް ދިޔުމުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އިމަރޖެންސީ ޙާލަތުގައި ބަލިމީހާ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދިޔުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކާ އެންބިއުލަންސްގެ ގޮތުގައި ކާރު އަދި އެނޫންވެސް އުޅަނދު ބަލިމީހުން އުފުލުމަށް ބޭނުން ކުރުމަކީ އެ ޚިދުމަތް ގިނަބަޔަކަށް އަވަހަށް ދިނުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޕީއޭ ބުނެއެވެ.
އެންބިއުލާންސެއްގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުޅަނދުގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަލާއިރު، ކާރު ހުންނަންވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން ކާރުގެ ރޯޑް ވާރދިނަސް ފުރިހަމަވާން ވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.
އުސޫލުގައި ބުނާގޮތުން އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ އުޅަނދުގެ ޑްރައިވަރ ސީޓް ހުންނަން ވާނީ މުޅިން ވަކިވަގޮތަށް ޕާޓިޝަން ޖަހާފައެވެ. އަދި ބަލިމީހާ ގޮވައިގެން ދަތުރު ކުރާއިރުގައި އުޅަނދުގެ ކުޑަދޮރުތައް ހުޅުވާފައި ހުންނަންޖެހޭނެ ކަމަށާާއި ޕާރޓިޝަން ޖެހުމަށް ބޭނުންކުރާ މެޓީރިއަލް އަކީ ފެން ނުފާއްދާ ފަސޭހައިން ސާފުކުރެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބަލި މީހާ ހޮޑުލެވުންފަދަ ކަމެއް ދިމާވާ ޙާލަތެއްގައި ކާރު ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރެވޭ ގޮތަށް ސީޓު ކަވަރު ހުންނަން ޖެހޭއިރު އުޅަނދުގައި ރަނގަޅު ކޮމިޔުނިކޭޝަން ސިސްޓަމެއް ހަރުކުރެވިފައި ހުންނަންވާނެ ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެއެވެ. މީގެއިތުރުން ބޭނުންކުރާ ޑިސްޕޯސަބަލް މާސްކް އަދި އަންގި ރައްކާތެރިގޮތުގައި ނައްތާލަން ވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
ކާރު ނުވަތަ އެނޫންވެސް އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ އުޅަނދު ދުއްވާ ހުރިހާ ޑްރައިވަރުން ވެސް އިންފެކްޝަން، ޕްރިވެންޝަން (އައި.ޕީ.ސީ) ކޮންޓްރޯލް ކުރުމާއި އަމިއްލަ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދީ އަހުލުވެރި ކުރަންވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. އެޗްޕީއޭގެ އުސޫލުގައި އިތުރަށް ބުނެފައިވަނީ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދިއުމުގެ ކުރިން އޮކްސިޖަން ދިނުން ފަދަ ޚާއްޞަ ފަރުވާއެއް ބޭނުންވާ މީހަކު މިފަދަ އުޅަނދެއްގައި ގެންގޮސްގެން ނުވާނެ ކަމަށެވެ.
އަދި އުޅަނދުގައި ސީޓު ބެލްޓު ހަރުކޮށްފައި ހުންނަން ޖެހޭއިރު ބަލިމީހަކު ގޮވައިގެން ދަތުރު ކުރާއިރު ޑްރައިވަރާއި ދަތުރުކުރާ އެންމެން ތިބެންވާނީ ސީޓު ބެލްޓު އަޅައިގެން ކަމަށް ވެސް އެޗްޕީއޭ ގެ އުސޫލުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު