މުޅި ދުނިޔެއަށް ދިމާވެފައިވާ މި ދަތި ދުވަސްވަރު ސްޕޯޓްސް އެވޯޑެއް ބާއްވަން ބޮޑު ހަރަދެއް ކުރުމަކީ އިސްރާފެއް ކަމަށް ދީނީ ޝިއާރުތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ދުނިޔޭގައި ނަން މަޝްހޫރު ބޭރުގެ ގިނަ ސަހުސިއްޔަތުން ރާއްޖެ ގެނެސްގެން ރޭ ޔޫތު މިނިސްޓްރީން އިންތިޒާމުކުރި ސްޕޯޓްސް އެވޯޑުގެ ރަސްމިއްޔާތަށް 30 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެފަދަ ލިޔުމަކާއި ގުޅުވައިގެން އަލީ ރަމީޒު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިނުގަނެވި އަދި މުޅި ދުނިޔެއަށް އަސަރުކުރާވަރުގެ ހަނގުރާމައެއް ކުރަމުންދާ މި ނާޒުކު ދަނޑިވަޅުގައި އެފަދަ ބޭކާރު ހަރަދު ކުރަން ހެޔޮ ނުވާނެކަމަށެވެ.
ޢަލީ ރަމީޒު އިތުރަށް ވިދާޅުވީ، އެއީ ބޮޑުވެގެންވާ އިސްރާފެއް ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ބޭނުމުގައި ކަމަށް ބުނެ ޔޫތު މިނިސްޓްރީން އިންތިޒާމުކުރި މި ހަފްލާއަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެފަދަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ހަފުލާއަކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަވަސް ގޮތަކަށް އިއުލާން ކޮށްގެން ބޭއްވި މި އެވޯޑް ހަފުލާއަށް ރާއްޖެއިން ބޭރުން ގެނައި މަޝްހޫރު މީހުންގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ ހިމެނެއެވެ.
މި ހަރަކާތަށް ދައުލަތުގެ ބަޖެޓުން މިނިސްޓަރ މަހުލޫފް އިސްވެ ހުންނަވައިގެން ހޭދަ ކުރެއްވީ ކިހާވަރެއްކަން ސާފުކުރަން "ރަސްއޮންލައިން"ގެ ފަރާތުން ވެސް މިދަނީ މަސައްކަތް ކުރަމުން ނެވެ.

Covid ge sababun kurimathivi iqthisaadhee heenarukamun arainuganevi ovvai, adhi mulhi dhuniye ah asaru kuraa varuge hanguraama eh kuramundhaa mi naazuku dhandivalhuga, mifadha beykaaru kharadheh kuran heyo nuvaane. Mee hama bodu vegenvaa israafeh. pic.twitter.com/u6DzLjE1qw
— Ali Rameez (@aliramyz) March 18, 2022
ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ބޭނުމުގައި ކަމަށް ބުނެ ޔޫތު މިނިސްޓްރީން އިންތިޒާމުކުރި މި ހަފްލާއަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެފަދަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ހަފުލާއަކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަވަސް ގޮތަކަށް އިއުލާން ކޮށްގެން ބޭއްވި މި އެވޯޑް ހަފުލާއަށް ރާއްޖެއިން ބޭރުން ގެނައި މަޝްހޫރު މީހުންގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ ހިމެނެއެވެ.
މި ހަރަކާތަށް ދައުލަތުގެ ބަޖެޓުން މިނިސްޓަރ މަހުލޫފް އިސްވެ ހުންނަވައިގެން ހޭދަ ކުރެއްވީ ކިހާވަރެއްކަން ސާފުކުރަން "ރަސްއޮންލައިން"ގެ ފަރާތުން ވެސް މިދަނީ މަސައްކަތް ކުރަމުން ނެވެ.
ކިޔުންތެރިންގެ ހިޔާލު