ލ އަތޮޅުގެ ރަށެއްގެ ބަނދަރު މަތި
ލ އަތޮޅުގެ ރަށެއްގެ ބަނދަރު މަތި
ކޮވިޑް-19އާއި ގުޅިގެން މޮނިޓަރިންގެ ހާލަތު ނެތް ރަށްރަށުގައި އާންމު ޚިދުމަތްތަކާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހެލްތް ޕޮރްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ މޮނިޓަރިން ހާލަތުގައި ހުރި ތަންތަނާއި މޮނިޓަރިން ހާލަތު އުވާލާފައިވާތާ ސާދަ ދުވަސްވެފައިވާ ރަށްރަށުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު އާންމު ޚިދުމަތްތަކާއި ގުޅޭ ކަންކަމާއި އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތަކާއި ރަށުތެރޭގައި އެއްތަނުން އަނެއް ތަނަށް ދިޔުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ އަށް މެނުވީ އެއްރަށުން އަނެއް ރަށައް ދަތުރުނުކުރުމަށް އެޗްޕީއޭ އިން އަންގާފައިވެއެވެ. ޚާއްސަ ޙާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްދިޔުމަށް ވެސް އެޗްޕީއޭއިން އަނަގާފައި ވެއެވެ.

މީގެއިތުރުން ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާއި އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރުމަށާއި ރަށުތެރެއަށް ނިކުމެ އުޅުމުގައި ގައިދުރު ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ހާލަތަށް ބަލައި އެ ނިއްމުން ތަކަށް ބަދަލު ގެނެވޭނެ ކަމަށެވެ.

"ފިޔަވަޅުތައް ތަންފީޒު ކޮށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހާއި އިދާރާތަކާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާގުޅޭ މުވައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ."ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން