މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންގެ މުހިންމު ސުވާލެއް ހައުސިންގ މިނިސްޓަރަށް އަމާޒު ކުރައްވައިފިއެވެ.
މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން ބުނުމާގުޅިގެން ޢަލީ ޙުސައިން ވަނީ އެކަމާދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަލީ ހުސައިނަކީ މީގެކުރިން ވެސް އެކި މުނާސަބާ ތަކުގައި މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދިނުމާ ދެކޮޅަށް ވަކާލާތު ކުރަށްވާފައިވާ މަޖިލިސް މެންބަރެކެވެ.
އެގޮތުން، ދައުލަތުގެ ފައިސާ ޚަރަދު ކޮށްގެން ހިއްކާ ބިން ދޫކުރުމުގައި އަދި ވިއްކުމުގައި ވިޔަސް އެ މީހަކު ނިސްބަތްވާ ރަށަކަށް ބަލައި ތަފާތު ކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި ހިލާފު ކަމެއްކަމަށް ޢަލީ ޙުސައިން އިއްޔެވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ހަރަދުގައި ހިއްކާ ބިމަކުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމާ ދެކޮޅަށް ވާހަކަ ދެއްކެވުމާއި ގުޅިގެން ޢަލީގެ އެ ވާހަކައަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އެއާއެކު ޕްލޭނިންގ މިނިސްޓްރީ ޓެގުކުރައްވާ ޢަލީ ކުރެއްވި ޓްވީޓެއްގައިވަނީ، ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި ހިއްކި އެއްވެސް ބިމަކުން އެއްވެސް ރަށަކުން ހިލޭ ގޯތި ކަނޑާ ދޫކޮށްފައިވޭތޯ ސުވާލު ކުރައްވާފައެވެ.
އަލީ ހުސައިން މީސް މީޑިއާ މެދުވެރިކޮށް މިސުވާލު އަސްލަމާ ކުރަށްވާފައި ވީނަމަވެސް ރައްޔިތުން މަޖިލީހުގެ ތަޅުމުގައި އިންނަވަނިކޮށް އަސްލަމް އެވާހަކަ އެތައް ފަހަރަކު ދައްކަވާފައިވާއިރު މަޖިލިސް ތަޅުމުގައި އަލީ ހުސައިން އެ ސުވާލު ކުރަށްވާފައެއް ނުވެއެވެ.
ޢަލީގެ މި ސުވާލާއި ގުޅިގެން މިނިސްޓްރީން އެއްވެސް ރައްދެއް މިހާތަނަށް ދީފައެއް ނުވެއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، މީގެ ކުރިން ރައީސް ޞާލިހަށް ފޮނުއްވި ސިޓީއެއްގައި، ރާއްޖޭގެ އެހެން ރަށްރަށުން ވެސް ގޯތި ދޭ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ނިމުނު ހަފްތާގައި އެ ސިޓީގެ ޖަވާބު ރައީސް އޮފީހުން ދެއްވާފައިވާއިރު، ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވަނީ ހިލޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު