މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދީ، މާލޭގެ ކޮންމެ ހިސާބަކަށްވެސް ދެވޭ ގޮތަށް ކޮންމެ ގޭބިސީއަކަށް ވިޔަފާރިކުރަން ތިން ޝޮޕިން ޕާމިޓް ދޫކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮންމެ ގޭބީސީއަކަށް ތިން ޝޮޕިން ޕާމިޓް ދޫކުރަން ނިއްމައި އެކަން މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
ގެއަކަށް ދޫކޮށްފައިވާ ތިން ޝޮޕިން ޕާމިޓް ބޭނުންކޮށްގެން ދެ ގަޑިއިރު ބޭރުގައި އުޅެވޭނެ ކަމަށް ފުލުހުން ކުރި ޓުވީޓްގައި ބުނެފައިވެއެވެ. އަދި ދެން ޕާމިޓު ނެރޭނީ މާލޭގެ ހުރިހާ ސަރަހައްދަކަށްވެސް ގޮސް ވިޔަފާރި ކުރެވޭ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ. މީގެ ކުރިން ޝޮޕިން ޕާމިޓު ދޫކުރީ ވަކި ސަރަހައްދެއްގެ ތެރޭގައި އުޅެވޭ ގޮތަށް އެކަނިކަން ފާހަގަކޮށްލެވެއެވެ.
ފުލުހުން ބުނީ އާ އުސޫލުގެ ދަށުން ޕާމިޓަށް އެދި ހުށައަޅާއިރު ގޭބިސީގެ ކަރަންޓު މީޓަރު ނަމްބަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ގޭބީސީއަކަށް ދޫކުރަމުން ދިޔައީ އެއް ޝޮޕިން ޕާމިޓެވެ.
ފިޔަވަހިތަކަށް ބަހާލައިގެން މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ސަރުކާރުން ނިއްމައިފައިވާއިރު ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ދެ ހަފުތާ އަށް ދިގު ދެމިގެންދާނެއެވެ. ލޮކްޑައުނަށް އިތުރު ލުއިތައް ލިބޭނީ މި ދެ ހަފުތާގައި ބަލީގެ ހާލަތަށް ބެލުމަށްފަހު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

Each person will get 1 day for 2hrs without zone restrictions. But each household gets 3 permits. Eg:
— Maldives Police (@PoliceMv) May 29, 2020
Ali won't get 2 days.Each person gets 1day for 2hrs. But Ali, Aisha & Fathmath live in the same household. So their household will get 3 days and 6hrs.#COVID19Maldives https://t.co/SutMtKyXPg
ފުލުހުން ބުނީ އާ އުސޫލުގެ ދަށުން ޕާމިޓަށް އެދި ހުށައަޅާއިރު ގޭބިސީގެ ކަރަންޓު މީޓަރު ނަމްބަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ގޭބީސީއަކަށް ދޫކުރަމުން ދިޔައީ އެއް ޝޮޕިން ޕާމިޓެވެ.
ފިޔަވަހިތަކަށް ބަހާލައިގެން މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ސަރުކާރުން ނިއްމައިފައިވާއިރު ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ދެ ހަފުތާ އަށް ދިގު ދެމިގެންދާނެއެވެ. ލޮކްޑައުނަށް އިތުރު ލުއިތައް ލިބޭނީ މި ދެ ހަފުތާގައި ބަލީގެ ހާލަތަށް ބެލުމަށްފަހު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު