ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދު އެޕާޓީން ބޭރުކުރަން މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުދާސްތައް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ބޭރުކޮށްލައްވައިފިއެވެ.
ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުން ލީކުވެފައިވާ އެ މެސެޖުތަކުގައި ރައީސް ނަޝީދު މައިގަނޑު ގޮތެއްގައި ހިތްހަމަޖެހިވަޑައިނުގެން، ވާހަކަ ދައްކަވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދާ ދެކޮޅަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ފެނަކައިގެ މުވައްޒަފުންނަށް ސައީދު، ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކުރަށްވައި މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދުވަނީ އެވާހަކަ ލިޔުއްވާފައެވެ.
ރައީސް ނަޝީދު ކުރެއްވި މެސެޖުތަކުގައި ވިދާޅުވެފައި ވަނީ ސައީދު މުވައްޒަފުންނަށް ގުޅައި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ފެނަކަ މުވައްޒަފުންނަށް ބިރު ނުދެއްކޭނެ ކަމަށާއި އެމަނިކުފާނު އެމްޑީޕީން ވަކިކުރަން އުޅުނަސް ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރުހޭނެ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
"ދެން ސައީދު މީހަކަށް ގުޅައިފިނަމަ، އަޅުގަނޑު ފާޅުގައި ނުކުންނާނަން." ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ތުހުމަތުތަކަށް ގުރޫޕްގައި ސައީދު ވެސް ވަނީ ރައްދު ދެއްވާފައެވެ. ތުހުމަތުތައް ދޮގު ކުރައްވައި ސައީދު ވަނީ އޭނާ ބިރު ދެއްކީ ފެނަކައިގެ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ސުވާލު ކުރައްވާފައެވެ. އަދި އެފަދަ ކަމެއް ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
"ރައީސް، އަޅުގަނޑު ފެނަކައިގެ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެމީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރަން. އަދި ނުވެސް ކުރާނަން،" ސައީދު ލިޔުއްވާފައިވެއެވެ.
ސައީދުގެ ރައްދާއި ގުޅިގެން ރައީސް ނަޝީދުވަނީ ސައީދު އެހާ މުނާފިގު ނުވުމަށާއި ދޮގު ނުހެއްދެވުމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ނަޝީދު ފާޅުގައި ނުކުންނާވާނެ ކަމުގެ އިޝާރާތެއް ވެސް ކުރަށްވާފައި ވެއެވެ.
"ފެނަކައަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށް ރަށުގެ ފެނަކަ މުވައްޒަފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރެހޭނެ." އިތުރު މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ސައީދު މިވަގުތު ހުންނެވީ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ޓީމާއިއެކު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅުގައެވެ. ސައީދުގެ އިތުރުން ފައްޔާޒަށާއި އެޓީމުގެ އެހެނިހެން އިސް ބޭފުލުންނަށް ވެސް ރައީސް ނަޝީދު ތާއީދު ކުރަށްވާ އިމްތިޔާޒް ފަހުމީގެ ޓީމުން ގެންދަނީ އެފަދަ ތުހުމަތުތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން ފައްޔާޒާއި ފައްޔާޒުގެ ޓީމުން ވަނީ އެފަދަ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތައް ނުކޮށް އެމްޑީޕީ ވަށްތަ ކެމްޕޭނެއް ކުރުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެވޭ ވަރުގެ މީހަކު އެޕާޓީގައި ނުހުންނާނެ ކަމަށާއި އަދި އެއްވެސް މީހަކަށް އެކަން ނުކުރެވޭނެ ކަމަށް މިނިސްޓަރ ފައްޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒަށް ތާއީދު ކުރައްވާ ސަރުކާރުގެ އިސް ފަރާތްތަކަށް ރައީސް ނަޝީދާއި އިންތިވެސް ގެންދަވަނީ މިފަދަ ތުހުމަތުތައްކުރަށްވައި މަޝްރަހު ހޫނުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު