ސިފައިން ބުރަ މަސައްކަތްތަކެއް ކޮށްގެން ހުޅުމާލޭގައި ހަދާފައިވާ މެޑިކަން ފެސިލިޓީ
ސިފައިން ބުރަ މަސައްކަތްތަކެއް ކޮށްގެން ހުޅުމާލޭގައި ހަދާފައިވާ މެޑިކަން ފެސިލިޓީ
ދިވެހި ސިފައިންނަށް އިތުބާރާއި އިހްތިރާމް ހޯއްދަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދަވައި ދެއްވައިފި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޯވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެމްއެންޑީއެފްގެ މީޑިއާއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމުގެ ވައުދު ރައީސް ވެވަޑައިގެންނެވި ކަމަށެވެ.

"މިއަދު އެމްއެންޑީއެފްއާ ގުޅޭ ގޮތުން ރައްޔިތުން ހިއްސާކުރާ އިހުސާސްތަކުން ރައީސްގެ މި ވައުދު ފުދިއްޖެ ކަމަށް ގަބޫލް ކުރެވޭ." މާރިޔާ ކުރެެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.



ކޯވިޑް-19އާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައިހެން އިސްކޮށް ސިފައިން ހަރަކާތްތެރި ވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ހިދުމަތް ދިނުމަށް ވެސް ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެއެވެ. މީގެ އިތުރުން ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ސިފައިން ވަނީ ބުރަމަސައްކަތްތަކެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން