ޤާނޫނާ ޚިލާފު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތެއް ނުދޭނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަލީ އާޒިމް ސުވާލު ކުރަށްވާފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އިންޑިއާ އައުޓް ޙަރަކާތް ހުއްޓުވުމަށް ފުލުހުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާއި ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް ޙަރަކާތަކަށް ފުލުހުން ޖާގަނުދޭނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވާނީ އަންގާފައި،" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ އަންނަ ހުކުރުދުވަހު ހަވީރު މާލޭގައި އިންޑިއާ އައުޓްގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވަމުންނެވެ. މި ޙަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ރަށްރަށުންވެސް މީހުން މާލެއަށް ޖަމާވާނެ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު