ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު - ފޮޓޯ: މަޖިލިސް
ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު - ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ ދެއްކެވި ވާހަކައަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާ ޕާސަން އިންތިހާބުގައި ވާދަކުރަށްވާ އިމްތިޔާޒު ފަހުމީ، އިންތިއަށް ކެމްޕެއިން ކޮށްދޭން ރަށްރަށަށް ކުރަމުންދާ ދަތުރު ތަކުގެ ތެރެއިން ހުވަދު އަތޮޅުގެ ބައެއް ރައްޔިތުންނާއި ވާހަކަދައްކަވަމުން ވައްޑެ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން އަޔަ ނުދޭން މަސައްކަތް ކުރި މީހުންނާއި އެކަމަށް ހުރަސް އެޅި މީހުން އަދި ބައްދަލުވުމަށް ނައިސް ތިބި މެންބަރުން ސާފު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ޓީމަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އަދި ފައްޔާޒުގެ ޓީމުން މަސައްކަތް ކުރަނީ ރައީސް ނަޝީދު އެއް ފަރާތްކޮށް ބާކީކޮށް އަދި ޖެއްސުމާއި ފުރައްސާރަކޮށް އެމަނިކުފާނަށް ގެއްލުންދޭން ކަމަށް ވިދާޅުވެ ވަޙީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ވަޙީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ބައެއް ވަޒީރުންގެ ބޮލަށް އެކަން ޖަހައި ސަރުކާރުގެ އަތެއް އެކަމުގައިވާ ކަމަށް ރައްޔިތުންނަށް ސިފަކޮށްދޭން ޖަހަން އުޅުނު ސަކަރާތުގައި ބައިވެރިވެވަޑައި ނުގެންނެވީ ކަމަށެވެ. އަދި އެއީ އެ މައްސަލައިގެ އަސްލަށް ވާސިލުވުމުގެ މުހިއްމުކަން ސާފު ވާތީ ކަމަށް އިއްސެ މިއަދު ވަނީ ވިދާޅުވެފައެވެ.

ވަޙީދުގެ ވާހަކަތަކަށް އިސްމާޢީލް ރައްދު ދެއްވާފައިވާއިރު، އިންތިހާބުގައި ވާދަކުރަށްވާ އިމްތިޔާޒް ފަހުމީގެ ޓީމުން ތަކުރާރުކޮށް އެފަދަ އެއްވެސް އަސްލެއް ނެތް ތޯތޯ ވާހަކަތައް ދައްކައި ފައްޔާޒުގެ ޓީމާއި ދެކޮޅަށް އެންޓިކެމްޕޭން ކުރަމުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެޓީމުން މިހާރު އަސްލެއް ނެތް ދޮގު ތުހުމަތުތައް ކުރަމުންދަނީ އިންތިހާބުގައި ބަލިވާނެކަން ޔަގީންވުމުން މީހުން ޖަޒުބާތުގައި ޖައްސައިގެން މަސްލަހަތު ނަގައިލުމަށް ކަމަށްވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. މިވާހަކަ ތަކުގެ ރައްދުގައި ފައްޔާޒުގެ ޓީމުން ބުނަމުންދަނީ، ކެމްޕޭން ކުރާނީ ރިވެތި ގޮތުގައި ކަމަށާއި އެންޓި ކެމްޕޭން ނުކުރާނެކަމަށެވެ. އަދި ފައްޔާޒުގެ ޓީމުން ބުނަމުންދަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު ވާދަކުރައްވަނީ އެމްޑީޕީ ހިންގާލަން ކަމަށާއި ވަކި މީހަކު ޕާޓީން ވަކި ކުރަން ނޫނީ ވަކި މީހަކު ޕާޓީން ބާކީ ކުރުމުގެ ބޭނުމުގައި ނޫންކަމަށެވެ. އަދި މިނިސްޓަރ ފައްޔާޒު މަގާމަށް ވާދަކުރަށްވާ އެންމެ މުހިންމު ބޭނުމަކީ ހަރަކާތްތައް މުޅިން މަޑުޖެހި ހިންގުން ހުއްޓިފައިވާ އެމްޑީޕީ އާ ރޫހަކާއެކު އަލުން ހިންގާލައި 2023 ގެ ވެރިކަން އެމްޑީޕީއަށް ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން