އައްޑޫ ސިޓީ މީދޫ މަގެއްމަތި:އެރަށުން އުމުރުން ދުވަސްވީ 3 އަންހެނުން ރޭޕް ކުރަން އުޅުނު ޒުވާނަކު ވަނީ ހައްޔަރުކޮށްފަ
އައްޑޫ ސިޓީ މީދޫ މަގެއްމަތި:އެރަށުން އުމުރުން ދުވަސްވީ 3 އަންހެނުން ރޭޕް ކުރަން އުޅުނު ޒުވާނަކު ވަނީ ހައްޔަރުކޮށްފަ
އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން 24 ގަޑިއިރުގެ ތެރޭ ތިން ފަހަރު މަސައްކަތްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ހާމަކުރިގޮތުގައި އިއްޔެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ބެލި ބެލުމުން އެ އަމަލު ހިންގި މީހާ އުމުރުން ދުވަސްވީ އިތުރު ދެ މީހަކު ރޭޕް ކުރަން އުޅެފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ހަމަ އެ ދުވަހު އެމީހާ 66 އަހަރުގެ އަންހެނަކާއި، 65 އަހަރުގެ އަންހެނަކަށް ވެސް ޖިންސީގޯނާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ. މި މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޑިފެންސް

30-May-2020

މިހާ ހިސާބަށްދިއައީމަ އުމުރަށް ޖަލުގަ ބަހައްޓަން އެބަޖެހޭ


-10

ތިމަންނަ

30-May-2020

ތިޔަ ހިސާބުން ތިޔަ ކޭސް ނިމުނީ ތަހުގީގަށް 16 އަހަރު ބޭނުންވާނެ ނިމޭއިރު މުކޮސް....



ޓްރެންޑިން