ކުޑަ އަންހެން ކުއްޖަކު ގެއިން ނެރެ ރޭޕް ކުރަން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މީހާ އެރޭ އެ ކުއްޖާ ގޭގައި ހުއްޓާ، ބޭރަށް ނެރެ ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެގެ ވަގުތެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޙާދިސާ ހިނގާފައިވަނީ މެދު އުތުރު (ކ، އއ، އދ، މ) ގެ ރަށެއްގައި ކަމަށާއި، މި މައްސަަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ާއާމިން

30-May-2020

ރަށުގެ ނަމެއް ނޭގެއްޏާ ކީއްކުރަން ލިޔާ ޙާބަރެއް



ފަހުގެ ލިޔުންތައް

ޓްރެންޑިން