ހިޔާ ސަރަހައްދުގައި ބޭސްފިހާރައެއް ހިންގުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސްލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ފޭސް2 ގައި ތަރައްޤީކޮށްފައިވާ ހިޔާފްލެޓްގެ 11 ވަނަ ޓަވަރުގައި ބޭސްފިހާރައެއްގެ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބޭސްފިހާރައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ކޮމްޕްލައި ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެގްރީމެންޓްގައި ސޮއިކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލާއި ބަހުގެ ހިދުމަތާއި ފިހާރަތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އޭގެ އިތުރުން ފޭސް2ގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށްޓަކައި ޕާކްތައް ތަރައްޤީކުރުމާއި، ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު