ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު
މިހާރު ކަންތައްތައް ހިނގަމުންދާގޮތަށް ބަލާއިރު، ރައީސް ނަޝީދު މަރާލަން ބޮންގޮއްވީ ސީދާ ސަރުކާރުން ރާވައިގެންކަމަށްވެސް ބުނެފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި މީގެ ކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް އަދާކުރެއްވި މޫސާ މަނިކު މިރޭ ވިދާޅުވީ ޗެއަރޕާސަންކަމަށް ވާދަކުރަށްވާ އިމްތިޔާޒް ފަހުމީގެ ކެންޕޭން ހިންގަވަނީ ރައީސް ނަޝީދު ކަމަށެވެ.

އޭގެ އިތުރުން މޫސަ ވިދާޅުވީ ރައީސް ނަޝީދު މަރާލަން ބޮންގޮއްވީވެސް ސީދާ ސަރުކާރުން ރާވައިގެން ކަމަށް ރައީސް ނަޝީދު ހިންގާ އިންތި ކެމްޕެއިނު ކުދިން ބުނެފާނެ ކަމަށެވެ.

"މިހާރުވެސް ފާޑަކަށް އެ އަޑުހުރޭ." މޫސަ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އަދި ޗެއަރޕާސަންގެ އިންތިހާބުން ނިކުންނަ ނަތީޖާއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ބުރަވާނެ ގޮތް ކަމުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އިންތިހާބުގެ ކެމްޕޭންގެ ވާދަވެރިކަން އިތުރަށް ހޫނުވެގެން ދާން މެދުވެރިވީ އިންތިގެ ޓީމުން ދެމުންގެންދާ ބަހުގެ ހަމަލާތަކުގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގެން ފައްޔާޒުގެ ޓީމުގެ ބޭފުޅުންނަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ދެއްވަން ފެއްޓެވުމުންނެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ރައީސް ނަޝީދު މިހާރު ބޭނުން ކުރަށްވާ އުކުޅަކީ ފައްޔާޒު އިންތިހާބު ކާމިޔާބު ކުރަށްވާނެކަން ކަށަވަރުވުމުން ބޭނުންކުރަށްވާ މެންބަރުންގެ ލޭ ކައްކުވައި ޖަޒުބާތުގައި ޖެއްސެމުގެ އުކުޅެވެ.



ކިޔުންތެރިންގެ ހިޔާލު


5

ލާސް

29-Mar-2022

ދެއުޅިހަމަނުވާ ވަަހަކަތަކެއް


3

مريم

29-Mar-2022

ތިކަމުގައި މީހެއްގެ އަތެއްވަާނަމަ ވަނީ ކަލޭގެ އަތް