އެމްޑީީޕީީގެ ޗެއަރޕާސަންކަމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާޢީލް
އެމްޑީީޕީީގެ ޗެއަރޕާސަންކަމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާޢީލް
ޕާޓީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބަހާނެކަމަށް އެމްޑީީޕީީގެ ޗެއަރޕާސަންކަމަށް ވާދަކުރަށްވާ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭނުގައި މިވަގުތު ބުރަކޮށް އުޅުއްވާ އިޤްތިޞާދީ ވަޒީރު ވިދާޅުވީ ދަޢުލަތުން ޕާޓީގެ ޚަރަދުތައް ކުރުމަށް ދޫކުރާ ފައިސާގެ 60 އިންސައްތަ ރަށްރަށުގައި ޕާޓީގެ ހަރުގެތައް ހިންގުމަށް ދެއްވާނެކަމަށެވެ. އަދި އެއީ މީގެ ކުރިންވެސް ޤައުމީ މަޖިލީހުގެ ނިންމުމެއް އޮތް ކަމެއް ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް ޢަމަލީ ސިފައެއް އައިސްފައި ނެތް ކަމަށެވެ.

"މިވާހަކައަކީ މިފަދަ ކޮންމެ ކެމްޕޭނެއްގައިވެސް އަޅުގަނޑުމެންކަހަލަ މީހުން އައިސް ކަނޑާ ފޮންޏެއްކަންވެސް އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެންވާނެ 2019 ވަނަ އަހަރުވެސް ނިންމާފަ 50 ޕަސެންޓް ބަހަން. އެކަމަކު އޭރުގެ ޗެއަރޕާސަނާއި ޙަވާލުވެ ތިއްބެވި ބޭފުޅުން އަދިއެއް އެކަމެއް ނުކުރަށްވާ" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއަހަރު އޮންނަ ޕާޓީގެ ކޮންގްރެސްއަށް އޭނާގެ އެ ހުށައެޅުއްވުން ހުށައަޅާނެ ކަމަށާއި އަދި އެއީ ޕާޓީގެ އަސާސީ ޤަވާއިދުގައި ލިޔެވިގެން ތަންފީޒު ކުރަންޖެހޭ ކަމަކަށް ހައްދަވާނެ ކަމަށެވެ. ކޮންގްރެސްގައި ރަށްރަށުގެ ގޮފިތަކުގެ ސީދާ އަޑު އުފުލުމުގެ ފުރުސަތު އޮންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ފައްޔާޒް ފާހަގަކުރެއްވީ ޕާޓީގެ މައިއޮފީހާ ރަށްރަށުގެ ގޮފިތަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަހަކު އެއްފަހަރު ޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީއާއި ބައްދަލު ކުރަށްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި އެދާއިރާއެއްގެ މެންބަރުންގެ ކަންބޮޑުވުންތައް ސީދާ ޗެއަރޕާސަނަށް ޙިއްސާކުރެއްވޭނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެ ކުރިން އެމްޑީޕީގެ އިންތިޚާބުގައި އަންހެނުންގެ ރޫޙުގެ ރައީސާކަމަށް ވާދަކުރަށްވާ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްވެސް ވަނީ ޕާޓީއަށްލިބޭ ފައިސާއިން ހިންގަންވީ ހަމައެކަނި މާލޭ އޮފީސްތޯ ސުވާލުކުރަށްވާފައެވެ. އަދި ރަށްރަށުގެ ގޮފިތައް ހިންގަންވީ މެންބަރުންގެ ޖީބުންތޯވެސް ރޮޒޭނާ ސުވާލު އުފެއްދެވިއެވެ. އޭގެ އިތުރުން ރަށްރަށުގެ މެންބަރުން މިހާރު އެގޮތް ބޭނުންނުވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ފައްޔާޒުގެ ޓީމުން މިލަދުންމަޑުލު ދެކުނުބުރިއަށް ކުރަމުންދާ ކެމްޕޭނު ދަތުރުގައި އެމް.ޑީ.ޕީގެ މެންބަރުންގެ ފަރާތުން ފެނުނު ޖޯޝާއި ދެއްވި މެހެމާންދާރީ އަށް ފައްޔާޒް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ސަމީރު

29-Mar-2022

ތިހެންކީ ރީކީކެމްޕޭނުގަ،ހަސަންލިތީފް ކެމްޕޭނުގާ،ޑީޑީ ކެމްޕޭނުގަ،އަލްހާން ކެމްޕޭނުގަ،އަލީވަހީދު ކެމްޕޭނުގަ އަޅެދެން އާއެއްޗެއްކިޔާބަލަ ދެނެއް ޗަންދާ ދީގެން ޕާޓީއެއްނުހިންގޭނެ،ވެރިކަންލިބުނީފާ ވަޒީފާތައް ދިނީ ގޮޅާމެނައް އެމްޑީޕީއައް ސޮއިކުރުވާފަ