އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީން ވަކިނުކޮށް އެމްޑީޕީ ކުރިއަށް ގެންދަން ދަތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި މީގެ ކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް އަދާކުރެއްވި މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ މާޒީއަށް ބަލާއިރު ޕާޓީގެ ގިނަ ސަޕޯޓަރުންގެ ތާއީދު ލިބުނު ވެރިންތައް ޕާޓީން ބޭރުކޮށްފައިވާ ކަމަށެވެ. އަދި އެބޭފުޅުން ޕާޓީން ބޭރުކުރުމަށް ރައީސް ނަޝީދު އެ މީހުންގެ ބޮލުގައި އެޅުވި އިލްޒާމަކީ ޕާޓީ ފިތުނަ ކުރުންކަމަށް މޫސަ ވިދާޅުވިއެވެ.

"މިހާރު ރައީސް ނަޝީދާއި އީވާ އަވަހަށް ޕާޓީން ވަކިނުކޮށް އެމްޑީޕީ ކުރިއަށް ގެންދަން ދަތިވާނެ." މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުގެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މި އިންތިޚާބާއި ގުޅިގެން މީގެ ކުރިން މޫސަ ވިދާޅުވެފައިވަނީ ޕާޓީގެ ފައުންޑަރެއްގެ ޙައިސިއްޔަތުން މި އިންތިޚާބުގައި އޭނާ ތާޢީދު ކުރަށްވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު