މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާއި ބެހޭގޮތުން ސްޕްރީމް ކޯޓުގެ އިސްތިރާޝީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގާ ގާނޫނުއަސާސީ އިސްލާހުކުރަން ސްޕްރީމް ކޯޓުން ލަފާދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގާ ސްޕްރީމް ކޯޓުން ލަފާ ދީފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަދަލުގައި ގާނޫނު އަސާސީގެ ތެރެއިން އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ސްޕްރީމް ކޯޓުގެ ލަފާގައި ވަނީ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށް ފެންނަ ކަމަށެވެ.
އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށް ސްޕްރީމް ކޯޓުގެ ލަފާގައި ބުނެފައި ވެއެވެ.
ސަރުކާރުން ހުށައެޅި ޚާއްޞަ ގާނޫނަކުން ލޯކަލް ކައުންސިލު ތަކުގެ އިންތިޚާބު ފަސް ކުރުމަށް ނިންމައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރި އިރު އޮތް ހިސާބުން ފެށިގެން އަލުން އިންތިޚާބީ މަސައްކަތްތައް ފެށުމަށް ކަނޑައަޅައި އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައަޅާފައި ވީނަމަވެސް އަންނަ ޖޫމް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަރުންގެ ދައުރު ހަމަވާއިރު އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް މިހާތަނަށް ވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލައިގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއިމެދުގައެވެ. ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނަސްގެން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަނެ މިހާރުވަނީ އެބިލުގެ ބަހުސް ވެސް ފަށާފައެވެ.
އެންމެ ފަހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށައެޅީ ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައެޅި ބިލުގެ ބަހުސް ހިނގަމުންދަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ލަފަޔާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު