މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
އެމްޑީޕީގެ ދަޑިފަނުގެ ތަރައްޤީއާ ދެކޮޅު ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙް މިމޭރުމުން ވިދާޅުވީ މިސަރުކާރުގެ ވަޒީރުކަމުގައި ހުންނަވައިގެން މަލީޙްގެ އޮފީސް ކޮޓަރިކޮޅު މަރާމާތުކުރުމުގައި ޤާނޫނާ ޚިލާފަށް ގިނަކަންތައްތައް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމާ ގުޅިގެންނެވެ. އޮޑިޓް އޮފީހުން ރޭ ނެރުނު ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިނިސްޓަރުގެ ކޮޓަރިކޮޅާއި، މިނިސްޓްރީ ހިންގާ އިމާރާތުގެ ބްލޮކް-ބީ ރިލޮކޭޓްކުރުމަށް، ޖުމްލަ 795،000 (ހަތް ސަތޭކަ ނުވަދިހަފަސް ހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ އެ ރިޕޯޓަކީ އެމްޑީޕީ ކޮލެޓީގެ ރިޕޯޓެއް ކަމަށާއި އެމްޑީޕީގެ ދަނޑިފަނުގެ ތަރައްޤީ އާއި ދެކޮޅު ކަމަށެވެ. އޭގެ އިތުރުން އޮޑިޓް އޮފީހުގެ ރިޕޯޓަކީ ނޫސްވެރިންނަށް އޮޅުން އަރާގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް ރިޕޯޓެއް ކަމަށް މަލީޙް ވިދާޅުވިއެވެ.

"ބާގުދަނަކަށް ޓެކް މިނިސްޓްރީ ރައީސް އިބޫ ވެއްދީމަ އެހެން އޮފީސްތައް ކުއްޔަށް މަހަކު ޚަރަދުކުރާ މިންވަރުން ބްލޮކް ބީ ޒަމާނީކޮށް ބަޖެޓަށް ލުއިކުރީ. އޯޑިޓު އޮފީހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުން ޚަރަދު ކުޑަކޮށް ދައުލަތުގެ ބަޖެޓަށް ލުއިވާ ގޮތަށް ކުރެއްވި އިޙްލާސްތެރި މަސައްކަތަށް އެވޯޑް ދޭން ޖެހޭ." މަލީޙް ވިދާޅުވެފައިވެއެވެ.

މަލީޙް އިތުރަށް ވިދާޅުވީ ޓެކް މިނިސްޓްރީއަކީ ސަރުކާރުގެ އެހެން އޮފީސްތައް ނަމޫނާއަކަށް ބަލަން ކަމުދާގޮތަށް ޚަރަދުކުޑަކޮށް ނިންމާފައިވާ ފުރިހަމަ އޮފީހަކަށް ވާނެ ކަމަށެވެ. އަދި އެކަމުގައި މާލިއްޔަތު ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށް މަލީޙް ވިދާޅުވިއެވެ. އަދި އެ ރިޕޯޓަކީ ސަރުކާރުން ފޯކަސް އަނބުރާލަން ނެރުނު ރިޕޯޓެއްކަމަށް މަލީޙް ވިދާޅުވިއެވެ.

"ކުށަކަށްވީ ބޮޑުކުލީގައި ތަނެއް ކުއްޔަށް ހިފައިގެން ނުދިއުން." މަލީޙް ވިދާޅުވެފައިވެއެވެ.



އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޓެކް މިނިސްޓްރީގެ ރިނޮވޭޝަން މަސައްކަތް ލަސްވުމުން ލިކުއިޑޭޓެޑް ޑެމޭޖަސްއަށް 119،000 އަށް ވުރެ ބޮޑު އަދަދެއް އެރި އިރު، އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައިނުވާކަމަށެވެ. އަދި ފަހުން އޮޑިޓަރުން އެކަން ފާހަގަކުރުމުން އުނިކޮށްފައިވަނީ 9،834 ރުފިޔާ ކަމަށެވެ.

އޭގެ އިތުރުން މަސައްކަތުގެ ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާއިރު 103،880 ރުފިޔާގެ އިތުރު މަސައްކަތެއް ހަމަ އެކުންފުންޏަށް އެއްބަސްވުމުގެ ބޭރުން އިޢުލާނުކުރުމެއްނެތި ޙަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


7

ދޫ ިިިިިިިިިިިިިިިިިިިިނި

29-Mar-2022

މަލީހު ސަރުކާރުގައި ހުރިއިރި ހުރިހައި ކަމެއް ރަނގަޅު, މަގާމުގެއްލުނީމާ, ޖަމީލު ބެޔާއެކު މަރުފަލި ޖަހަނީ. ޙަމަބަހަބޯ އީއެވެ.


7

ދޫ ިިިިިިިިިިިިިިިިިިިިނި

29-Mar-2022

މަލީހު ސަރުކާރުގައި ހުރިއިރި ހުރިހައި ކަމެއް ރަނގަޅު, މަގާމުގެއްލުނީމާ, ޖަމީލު ބެޔާއެކު މަރުފަލި ޖަހަނީ. ޙަމަބަހަބޯ އީއެވެ.


-4

ދޫ ިިިިިިިިިިިިިިިިިިިިނި

29-Mar-2022

މަލީހު ސަރުކާރުގައި ހުރިއިރި ހުރިހައި ކަމެއް ރަނގަޅު, މަގާމުގެއްލުނީމާ, ޖަމީލު ބެޔާއެކު މަރުފަލި ޖަހަނީ. ޙަމަބަހަބޯ އީއެވެ.