ކައުންސިލަރުންގެ ދައުރު ދިގުދެންމުމާއި ގުޅޭގޮތުން ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމަނަން ސުޕްރީމް ކޯޓުން ދިން އިސްތިޝާރީލަފާއާއި ގުޅިގެން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ބާއްވަން ނިއްމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ލިބިފައިވާ ކަމަށެވެ. ޢަދި އެކަމާ ގުޅިގެން މިރޭ 9 ޖަހާއިރު ޖަލްސާ އެއް ބޭއްވުމަށް ނިއްމައިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގަ ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު