އިންތިއާއެކު ރައީސް ނަޝީދު މަގުމައްޗަށް ނުކުމެވަޑައިނުގަންނަވަނީ އިންތިޚާބުން ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް މީގެކުރިން އަދާކުރެއްވި މޫސާ މަނިކު ވިދާޅުވީ އުސްތާޛު އިމްތިޔާޒް ފަހުމީގެ ކެންޕޭނުގައި ރައީސް ނަޝީދުގެ ޕޯސްޓަރ ބޭނުންކުރަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
އިންތިގެ ކެންޕޭނުގައި ރައީސް ނަޝީދުގެ ނަން ބޭނުންކޮށްގެން ޕޯސްޓަރ ހަދަނީ އެމަނިކުފާނުގެ ނަން ފަނޑުވެދާނެތީ ކަމަށާއި މި އިންތިޚާބުގައި ރައީސް ނަޝީދާއެކު ވީޙާލެއްގައިވާންޖެހޭ ސަބަބެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.
"މި ކުރާ ކެމްޕެއިނަކީ އިންތިއާ ފަޔާގެ ވާދަވެރިކަމެއް. ނަޝީދާއެކީ ވީހާލެއްގައި ވާން ޖެހޭ ސަބަބެއްނެތް. ބަލިވާނެކަން އެނގޭތީ އިންތިއާއެކީ މަގުމައްޗަށްވެސް ދާކަށް ނުކެރޭ." މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ އުސްތާޛު ފައްޔާޒް އިސްމާޢީލަށް ތާޢީދު ކުރަށްވާ ރީކޯ މޫސަ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު ފައްޔާޒް ފުރަތަމަވެސް ކުރުން ލާޒިމްކަމަކީ ޕާޓގެ ދާއިރާތަކަށްދޭން ޤައުމީ މަޖިލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިނީ ކީއްވެތޯ ބެލުން ކަމަށެވެ.
"ޗެއަރޕަރސަންގެ ނައިބު މާލީ ނަމުގަ މަޤާމެއް އުފައްދާފަ ފައިސާ ޚަރަދުކުރީ ކިހިނެއްތޯ ބެލުން." މޫސަ ވިދާޅުވެފައިވެއެވެ.
މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު އުސްތާޛު ފައްޔާޒް ވަނީ އިންތިޚާބުން އޭނާ މޮޅުވެއްޖެނަމަ ދަޢުލަތުން ޕާޓީގެ ޚަރަދުތައް ކުރުމަށް ދޫކުރާ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބަހާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ފައްޔާޒް ވިދާޅުވީ މިއަހަރު އޮންނަ ޕާޓީގެ ކޮންގްރެސްއަށް އޭނާގެ އެ ވަޢުދު ހުށައަޅުއްވާނެ ކަމަށާއި އަދި އެއީ ޕާޓީގެ އަސާސީ ޤަވާއިދުގައި ލިޔެވިގެން ތަންފީޒު ކުރަންޖެހޭ ކަމަކަށް ހައްދަވާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުގެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

Eythi meethi kiyaafa amihllayah geyga poster hadhaigen, Nan fandhuve higaidhaanethee ? Mi kuraa Campain akee inthiaa fayaa ge vaadhaverikameh ? Nasheedhaa ekee vee haalehgga vaan jehey Sababeh neyth? Balivaanekan ingeythee inthiaa ekee magumahchah dhaakah ves nukerey pic.twitter.com/zoIj2LUK8I
— Moosa Maniku (Reeko) (@ReekoMoosa) March 24, 2022
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ އުސްތާޛު ފައްޔާޒް އިސްމާޢީލަށް ތާޢީދު ކުރަށްވާ ރީކޯ މޫސަ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު ފައްޔާޒް ފުރަތަމަވެސް ކުރުން ލާޒިމްކަމަކީ ޕާޓގެ ދާއިރާތަކަށްދޭން ޤައުމީ މަޖިލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިނީ ކީއްވެތޯ ބެލުން ކަމަށެވެ.
"ޗެއަރޕަރސަންގެ ނައިބު މާލީ ނަމުގަ މަޤާމެއް އުފައްދާފަ ފައިސާ ޚަރަދުކުރީ ކިހިނެއްތޯ ބެލުން." މޫސަ ވިދާޅުވެފައިވެއެވެ.
އިންތިޚާބު ކާމިޔާބުކުރުމަށްފަހު @faya_i ފުރަތަމަވެސް ކުރުން ލާޒިމް ކަމަކީ ޕާޓގެ ދާއިރާތަކަށް ދޭން ޤ މަޖްލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިނީ ކީއވެތޯއާއި. ޗެއަރ ޕަރސަންގެ ނައިބު މާލީ ނަމުގަ މަޤާމެއް އުފައްދާފަ ފައިސާޚަރަދުކުރީ ކިހިނެއްތޯ ބެލުން
— Moosa Maniku (Reeko) (@ReekoMoosa) March 23, 2022
މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު އުސްތާޛު ފައްޔާޒް ވަނީ އިންތިޚާބުން އޭނާ މޮޅުވެއްޖެނަމަ ދަޢުލަތުން ޕާޓީގެ ޚަރަދުތައް ކުރުމަށް ދޫކުރާ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބަހާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ފައްޔާޒް ވިދާޅުވީ މިއަހަރު އޮންނަ ޕާޓީގެ ކޮންގްރެސްއަށް އޭނާގެ އެ ވަޢުދު ހުށައަޅުއްވާނެ ކަމަށާއި އަދި އެއީ ޕާޓީގެ އަސާސީ ޤަވާއިދުގައި ލިޔެވިގެން ތަންފީޒު ކުރަންޖެހޭ ކަމަކަށް ހައްދަވާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުގެ ފަރާތުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މި އިންތިހާބަކީ ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަންގެ މެދުގައި ކުރިއަށްދާ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު