އެއްވެއުޅުމުގެ ޤާނޫނަށް 2016ގައި ގެނައި އިސްލާޙު އުވާލުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން ގޮވާލައިފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އެމްއާރުއެމުން މިފަދަ ގޮވާލުމެއް ގޮވާލައްވާފައިމިވަނީ އިދިކޮޅު ކޯލިޝަނުން މިއަންނަ ހުކުރުދުވަހު ބޭއްވުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ޤާނޫނާ ޚިލާފުކަމަށާއި އެޙަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދިނުމާ ގުޅިގެންނެވެ. ފުލުހުން ވަނީ އެއްވުމުގައި ބައިވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ބަޔާނެއްނެރެފައެވެ.
އެކަމާ ގުޅިގެން އެމްއާރުއެމުން ބުނެފައިވަނީ އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރުގެ ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދެއްކަމަށެވެ. އެހެންކަމުން އެކަން އަވަސްކުރުމަށް އެމްއާރުއެމުންވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
އެމްއާރުއެމުން އިތުރަށް ބުނެފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަޞްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމަކީ އެޕާޓީން ބަލައި ގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.
ޤާނޫނު އަސާސީގައި އެއްވެސް ހިފެހެއްޓުމެއްނެތި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވީ ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އޭރުއޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނެއް ފާސްކޮށް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީ ލިބުމުންވެސް އެ ޤާނޫނު އިސްލާޙު ކޮށްފައެއްނުވެއެވެ.
ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން މާލޭގައި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ހެންވޭރު ކާނިވާ ސަރަޙައްދުގައި ކަމަށް 2016 ވަނަ އަހަރު ދާޚިލީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު