މިނިސްޓަރ ފައްޔާޒް އިސްމާޢީލް--
މިނިސްޓަރ ފައްޔާޒް އިސްމާޢީލް--
ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި ބައިބައިވުންތަކެއް އޮތްހެން ހީވިނަމަވެސް އެކަމެއް ނެތްކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބަށް ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އޮންލައިން މީޑިއާ އަކަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އޮތްކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށާއި، އެއީ ސިޔާސީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށެވެ.

"އިންތިހާބެއްގައި ވަރަށް ބޮޑަށް މިކަހަލަ ބައިބައިވުންތައް އޮތްހެން ހީވާނެ، އެއީ އަޅުގަނޑުމެންގެ ވަރަށް ވައިބްރެންޓް ޑިމޮކްރެޓިކް އެންވާރަމެންޓެއް މިއަދު މިއޮތީ، އެހެންވީމަ، އެގޮތުން ކެމްޕޭނެއްގައި އެކިއެކި ކަންކަން އަންނާނެ." ފައްޔާޒު ވިދާޅުވިއެވެ.



ފައްޔާޒު އިތުރަށް ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ވެސް ބާރުވެރިކަން ހޯދުމުގެ އަޒުމު އޮންނާނެ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބަން ހިންގާ ބައެއް ކަންކަން ހުންނާނެ ކަމަށާއި އެހެންނަމަވެސް އެމްޑީޕީތެރޭ އެއްވެސް ބައިބައިވުމެއް ނެތްކަމަށެވެ.

ފައްޔާޒުގެ ކެމްޕޭން ސްލޯގަން، "ހިންގާލަން" ގެ އަސްލު މާނައަކީ ކޮބައިތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ހިނގަންވާ ގޮތަށް މިހާރު ނުހިނގާ ކަމަށާއި އެހެންކަމުން އެމްޑީޕީ ހިންގާލަން ޖެހޭ ކަމަށެވެ. އެ ސްލޯގަން އިހުތިޔާރު ކުރެއްވީ އެބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ ދެބަޔަށް ބެހިގެން ކުރަމުން އަންނަ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި ދެފަރާތުން ވެސް ގެންދަނީ ވަރުގަދަ ބަހުގެ ބަހުގެ ހަމަލާތައް ދެއްވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން