އުމަރު ސަލީމް (އޮއްތޮ)
އުމަރު ސަލީމް (އޮއްތޮ)
މީގެ ދެއަހަރުކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިއާތަކެއް ލިބުނު އުމަރު ސަލީމް (އޮއްތޮ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދު ހިތްވަރު ދެއްވައި ތައުރީފް ކުރައްވައިފިއެވެ.

މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިއާތަކެއް ލިބުނު އުމަރު ސަލީމް، އޮއްތޮ އެކްސިޑެންޓުވިތާ މިއަދަށް ދެ އަހަރު ފުރުމާ ގުޅިގެން އޭނާގެ އަންހެނުން ފާތިމަތު ނައުފާ، ކޮށްފައިވާ ޓްވީޓުގައި ހިމެނޭ ވިޑިއޯގައި ދައްކުވައިދެނީ އޮއްތޮގެ ފަރުވާ އަށް ވޭތުވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ކުރިއެރުން ތަކެވެ.

އެ ވީޑިއޯގައި ދައްކުވައިދެނީ އެކި ކަހަލަ ކަސްރަތާއި ފަރުވާއާއާއެކު އޮއްތޮ އަލުން ހިނގާބިނގާވެ ވާހަކަ ދެެއްކުމަށް ކުރަމުން ގެންދާ ގަދަ ހިތްވަރާއި މަސައްކަތް ތަކެވެ. ހިއްސާ ކޮށްފައިވާ ދެ އަހަރުގެ ކުރިއެރުން ދައްކުވައިދޭ މި ވިޑިއޯއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު މި ވޭތުވެ ދިޔަ ދެއަހަރުގެ ތެރޭގައި ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި އޮއްތޮ ވަރަށް ބޮޑަށް ކުރިއެރުން ހޯދަމުން އަންނަ ކަން ވެސް ފާހަގަކޮށްލެވެއެވެ.

އޮއްތޮ އަންނަނީ އޭނާގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވެދިން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ފިޒިއޮތެރަޕީ ހޯދަމުންނެވެ. އަދި ސްޕީޗު ތެރަޕީ ހަދަނީ އައިޖީއެމްއެޗުންނެވެ. އެހެން ނަމަވެސް ކޯވިޑުގެ ސަބަބުން އޭނާގެ މި ފަރުވާތައްވެސް ވަނީ މެދުކެނޑިފައެވެ.

އޮއްތޮ ބުނެފައިވަނީ ކަންކަން ހަމައަކަށް އެޅުމުން އަލުން ތެރަޕީ ފަށާނެކަމަށެވެ.  

"އިރާދަ ކުރެއްވިއްޔާ އަހަރެން އަދި ހިނގާނަން." އޮއްތޮ ވީޑީޔޯ ގައި ބުނެ އެވެ.

https://twitter.com/n0wfar/status/1266331214165815296?s=19

އޮއްތޮ އަށް ހިތްވަރު ދެއްވައި ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އޮއްތޮއަށް ހިތްވަރު ދެއްވަަމުން އޮއްތޮއަށް އެކަން ވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އޮއްތޮ އެކްސިޑެންޓު ވި މައްސަލައިިގައި ހުޅުމާލޭ  ކޯޓުގައިތާވަލުކުރާ ގިނަ ޝަރީއަތްތައް ކެންސަލްވަމުން ގޮސްފައިވާތީ  އޭނާގެ އާއިލާ އިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އާއިލާއިން ބޭނުންވަނީ އަވަހަށް އޭނާއަށް އިންސާފު ލިބުމެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް 20 ޖޫން 2019 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޮއްތޮއަކީ މަޝްހޫރު ފުޓުބޯޅަކޯޗު (ބޮޑު) ހީނާ އަހުމަދު ސަލީމްގެ ދަރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން