ރާއްޖޭގެ ރީތި ރިސޯޓެއް؛ މާލޭގައި އިޢުލާންކޮށްފައިވާ ލޮކްޑައުނާއި ގުޅިގެން ރިސޯޓުތަކުން މާލެއައި ގިނަ ބަޔަކަށް ވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައި
ރާއްޖޭގެ ރީތި ރިސޯޓެއް؛ މާލޭގައި އިޢުލާންކޮށްފައިވާ ލޮކްޑައުނާއި ގުޅިގެން ރިސޯޓުތަކުން މާލެއައި ގިނަ ބަޔަކަށް ވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައި
ކުރިން ރެޖިސްޓްރީ ނުވެ، މާލޭ ފުރަބަންދުގައި ތިބި ރިޒޯޓު މުވައްޒަފުން ރަށަށް ދާން ރަޖިސްޓްރީވާން އިތުރު ފުރުސަތެއް ޓުއަރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި ވަޒީފާ އަދަކުރާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ފުރަބަންދުގައި އެބަތިބި ކަމަށާއި، ކުރިން ރެޖިސްޓްރީ ވާން ހުޅުވާލި ފުރުސަތުގައި އޭގެ ތެރެއިން ބައެއް މުވައްޒަފުން ރަޖިސްޓްރީ ވެފައިނުވާ ކަމަށެވެ.

އެހެންކަމުން ކުރިން ރެޖިސްޓްރީ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިސޯޓު މުވައްޒަފުން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް މިހާރު ހުޅުވާލާފައިވާ ކަމަށް އެނޫސްބަޔާނުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ޖޫން އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ހޮޓްލައިން،7223131 އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެފައިތިވި ރިސޯޓުތަކުގެ 153 މުވައްޒަފަކު ޓުއަރިޒަމް މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ. އޭގެ ތެރެއިން 97 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް މިހާރު ވަނީ ގެންގޮސްފައެވެ. އެމީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނިންމައިި، ކޯވިޑް-19 އަށް ޓެސްޓުކުރުމަށްފަހު އާއިލާތައް ކައިރިއަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވެއެވެ. ބާކީ ތިބި 56 މީހުން، ލޮކްޑައުނާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ "މެނޭޖްޑް ކަރަންޓީން"ގެ ލިސްޓުގައި ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން