ގާނޫނު އަސާސީ އިސްލާހު ކުރުމާއި މެދު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، އާ ކައުންސިލަރުން އިންތިހާބު ނުކުރޭތީ އަންނަ ގާނޫނީ ހުސް ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފާ އާއި ގުޅިގެން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭ ބޭއްވި ޖަލްސާގައި ސުޕްރީމްކޯޓުން ދިން އިޝްތިޝާރީ ލަފާ މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައިދެއްވާފައެވެ. ޢިސްތިޝާރީލަފާ އިއްވައި ނިމުމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީގައި މިރޭ މެމްބަރުންގެ މެދުގައި ބަހުސްކުރުމަށްފަހު އިސްލާހުތަށް ހުށައަޅަައި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
އެއަށްފަހު ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށައެޅުއްވުމުގެ ފުރުސަތު ދެއްވުމަށްފަހު އަނެއްކާ މުޅި މަޖިލީހުގެ ކޮމެޓީއަށް ރިޕޯޓް ގެނެސް ބަހުސް ކުރުމަށްފަހު ލާމަރުކަޒީ ކޮމެޓީން ފޮނުވާފައި އޮތް ރިޕޯޓް މަޖިލިސް އަށް ހުށައަަޅައި ބަހުސްކުރާނެ ކަމަށާއި، އެއަށްފަހު އެ ރިޕޯޓަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވޯޓަށް އަހާއިރު ފުރަތަމަ އަހާނީ ގާނޫނު އަސާސީގެ ވޯޓް، އެއަށްފަހު ލާމަރުކަޒީ ބިލްގެ ވޯޓް، އަޅުގަނޑު ގަސްތުކުރަނީ ވޯޓަށް އެހުން މާދަމާ ބާއްވަން" މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ލަފާ ދީފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބަދަލުގައި ގާނޫނު އަސާސީގެ ތެރެއިން އިންތިގާލީ އިންތިޒާމެއް ހަމަޖެއްސުމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގަ ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 4 އެޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު