ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދަކީ، ކުރިން އަދާލަތު ޕާޓީގެ ސީޑީ ބަހަން އުޅުނު މީހެއްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެމަގާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި އިމްތިޔާޒު ފަހުމީ (އިންތި) ގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. އެގޮތުން، ފައްޔާޒަށް ތާއީދު ކުރައްވާ، ކުރިން އެހެން ޕާޓީތަކުގައި އުޅުނު މީހުންނަކީ "ބޯވަ" ތަކެއްގެ ގޮތުގައި މުޙައްމަދު ވަޙީދު (ވައްޑެ) ދާދިފަހުންވަނީ ސިފަ ކުރައްވާފައެވެ.
އެކަމާއި ގުޅިގެން ފައްޔާޒަށް ތާއީދު ކުރައްވާ މޫކޭ، ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންތިގެ ސްޕޯކްސް ޕާސަންގެ ގޮތުގައި ހަމަޖައްސާފައިވާ މުޙައްމަދު ވަޙީދު، މިހާރު "ވަރަށް ގިނަ ވާހަކަ" ދައްކަވަމުން އެބަ ގެންދަވާކަމަށެވެ. އެހެންކަމުން، މުޙައްމަދު ވަޙީދަކީ ކާކުކަން ބުނެދޭން އެބަޖެހޭކަމަށް ވިދާޅުވެ މޫކޭ ވިދާޅުވީ، މުޙައްމަދު ވަޙީދަކީ ރ. އަތޮޅުގައި އަދާލަތު ޕާޓީގެ ސީޑީ ބަހަން އުޅުނު މީހެއް ކަމަށެވެ.
އަދި މުޙައްމަދު ވަޙީދު ވަކި ހިސާބަކުން އުޅުއްވީ ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް ތާއީދު ހޯދުމަށް ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.
"އިންތިގެ ސްޕޯކްސް ޕަރސަން (ވައްޑެ) ކިޔާ އެއްޗެހި ގިނަވެގެން އަޅުގަނޑު ބޭނުމީ ހަމަ މި ވާހަކަ ދައްކައިލާން، އިންތިގެ ސްޕޯކްސް ޕަރސަނަކީ ރ. އަތޮޅުގައި އަދާލަތު ޕާޓީގައި އުޅުނު ބޭފުޅެއް، ދެން ޔާމީން ހަދައިގެން އުޅުނު ޕީއޭ ކިޔާ ޕާޓީއެއް، 2009ގައި ޙަސަންޓޭއާ ދެކޮޅަށް ކެނޑިޑޭޓެއް ނެރެގެން ޕީއޭ ކެނޑިޑޭޓަށް ތާއީދުކޮށް އުޅުނު މީހެއް، ދަ މޯލްޑިވިއަން ކަންނޭނގެ ކިޔާ ކޮންމެ ވެސް ނޫހެއްގައި ޔާމީން ބޭނުން ހުރިހައި އެއްޗެއް ލިޔެދެމުން އެއްޗެހި ކިޔަމުން އައި މީހެއް، ރައީސް ނަޝީދަށް އަޅުގަނޑުމެން ކައިރީ ބެވިވަރު އެނގޭނީ އަޅުގަނޑުމެންނަށް." މޫކޭ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ "އިހުލާސްތެރިވެގެން" އެ ބޭފުޅުންނާ ދިމާއަށް އެއްޗެހި ކިޔުމުގެ ޖާގައެއް މުޙައްމަދު ވަޙީދުގެ ޓީމަށް ނޯންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު