ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގާނޫނީ ހަމައަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ގާނޫނު އަސާސީގައި އިންތިގާލީ ބައެއް ހިމަނަން މުޅި މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ހުށައެޅި އިސްލާހު އުނިކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އަލީ އާޒިމް ހުށައެޅުއްވި ދެ އިސްލާހުގައި ވަނީ ގާނޫއަސާސީގެ 231 ވަނަ މާއްދާގެ 3.1 އަށް ދެއަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން އަލީއާޒިމް ހުށައެޅުއްވީ 3.1 ފަހަތަށް (ޅ) އަދި (ކ) އެއް އިތުރު ކުރުމަށެވެ.
(ޅ) ގައި ބުނެފައި ވަނީ 3 ޖޫން 2017 ގައި އިންތިޚާބުކުރި ކައުންސިލަރުން، ފަސް ކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އަލަށް އިންތިޚާބު ކުރާ ކައުންސިލަރުން މަގާމާއި ހަވާލުވާންދެން މިހާރު އިންތިޚާބު ކޮށްފައި ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.
(ކ) ގައި ބުނެފައި ވަނީ މި އިންތިގާލީ މަރުހަލާގައި ކައުންސިލަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތަކެއް ގާނޫނަކުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
އާޒިމްގެ އެ ހުށަހެޅުއްވުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުއްވުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވި މެންބަރަކު ނެތެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ތަޅުމުގައި އަދި ވޯޓަކަށް އަހަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ މާދަމާ ބާއްވާ މަޖިލީހުގައި ވޯޓަށް އެހުން ކުރިއަށް ގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އެ ކޯޓުގެ ލަފާ ލިބުމުން މިރޭގެ ކޮމިޓީގައި ހިޔާލު ތަފާތުވެފައިވާ އެމްޑީޕީގެ މެންބަރުން އެ ލަފައާ އެއް ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި އިތުރު ކުރާ މާއްދާގެ ދަށުން ސަންސެޓް ގާނޫނެއް ފާސްކުރަން ވެސް މެންބަރުން އެއްބަސްވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު