ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ކުރަން ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޢިކޮންމިކް މިނިސްޓްރީ އިން މިކަން ހާމަކޮށްފައިވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރާނެ އުސޫލުގައެވެ.
އިކޮންމިކް މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ހުއްދަ ދޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ. މުވައްޒަފުންގެ އަދަދު ދިހައަކަށް ވުރެ މަދު ނަމަ، ދެ މުވައްޒަފުންނަށް ހުއްދަ ދޫކުރާނެ ކަމަށާއި އަދި މުވައްޒަފުންގެ ޢަދަަކީ 10 އާއި 30 އާ ދެމެދުގެ ޢަދަދެއްނަމަ، ފަސް މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މުވައްޒަފުންގެ އަދަދު 30 އަށްވުރެ މަތިނަމަ، އެތަނެއްގައި އުޅޭ މުވައްޒަފުންގެ އަދަދުގެ 20 އިންސައްތަ މުވައްޒަފުންނަށް މަސައްކަތަށް ނިކުތުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ އުސޫލުގައި ބުނާގޮތުން މުވައްޒަފުންގެ ޖުމްލަ ޢަދަދު ކަނޑައެޅުމުގައި ބަލާނީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ހުށަހަޅާފައިވާ މުވައްޒަފުންގެ މައުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި ޕެންޝަން އޮފީހުގައި ނުވަތަ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިނުވާ މުވައްޒަފުންނަށް ހުއްދައަށް އެދެވޭނީ އެ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުން ރަޖިސްޓްރީކުރުމަށް ފަހު ކަމަށާއި އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީ މުވައްޒަފުންނަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން އެއުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގެ އަދަދުތަކަކީ އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އެކަށީގެންނުވާ އަދަދެއްކަމަށް ފެންނަނަމަ، ހުއްދައިގެ އަދަދު އިތުރު ކުރުމަށް އެދި ހުށަހެޅިދާނެ ކަމަށާއި، އަދި އެގޮތަށް އިތުރު ކުރުމަށް އެދޭ ހުއްދަތައް އެ މިނިސްޓްރީން ރިވިއު ކުރުމަށްފަހު، ވިޔަފާރި ހަރަކާތްތަކަށް ރިއާޔަތްކުރުމަށް ފަހު އިތުރު ކޮށްދިނުމުގައި ގޮތެއް ނިންމޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު