އިދިކޮޅު ކޯލިޝަނުން ހުކުރުދުވަހު ބޭއްވުމަށް މަސައްކަތްކުރި ބޮޑު މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި މި މައްސަލާގައި ބުނެފައިވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކެއް ކަމަށެވެ.
ނަމަވެސް ހުކުރުދުވަހު މާލޭގައި ބޭއްވި އިޙްތިޖާޖުގެ ތެރެއިން ދިވެހި ސަރުކާރާއި އިންޑިޔާގެ އަމުރަށް 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް ބިޑި އަޅުވާ އަނިޔާކޮށްފައިވާ ކަމަށް ޝިޔާމްގެ ކުއްލި މައްސަލާގައިވެއެވެ. އެހެންކަމުން އެކަމާމެދު މަޖިލީހުގެ ތަޅުމުގައި ބަސްކުރުމަށް ޝިޔާމް ވަނީ ހުށައަޅުއްވާފައެވެ.
ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 26 މެމްބަރުން ވޯޓު ވަނީ ވޯޓުދެއްވާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 3 މެންބަރުންނެވެ.
ފުލުހުން ބުނީ ހުކުރުދުވަހުގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ތެރެއިން ދެމީހަކު ޝަރުތަކާ ނުލައި އަދި ހަ މީހަކު ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާކަމަށެވެ. ޝަރުތުކޮށް ދޫކޮށްލި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނެއެވެ.
ހުކުރުދުވަހުގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ދެ މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ މީހުންގެ ތެރޭގައި މާލޭސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު