ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނެ، އެކަން ބެލުމަށް ހުށައެޅި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އޭނާ މައްސަލަ ހުށައެޅުއްވީ ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ އޮފިސަރުން އުޅޭކަމަށް ބުނެ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ދެއްކެވި ވާހަކަފުޅުތައް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދޮގުކުރެއްވުމުންނެވެ. އެހެންކަމުން އާދަމް ޝަރީފް ހުށަހަޅުއްވާފައިވަނީ އެ މައްސަލާގައި އިތުރުފުޅު ހައްދަވާފައިވާ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކޮންމެ މީހަކީވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ވާން ޖެހޭނެ މީހެއްކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށާއި، ނަމަވެސް ވަޒީރުންގެ ފަރާތުން ފެންނަމުން ދަނީ ނާގާބިލް ކަމާއި ޒިންމާދާރުކަން ކުޑަކަންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމައްސަލަ މަޖިލީހަށް ބަލައިގެން ބަހުސް ކުރުމަށް ފާސްވީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނާއިބު ވިދާޅުވެފައި ވަނީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ އޮފިސަރުން އުޅޭކަމަށެވެ. ނަމަވެސް ބަންޑާރަ ނައިބުގެ ތުހުމަތުތައް ދޮގުކުރައްވައި މަޖިލީހަށް ލިއުމުން ދެއްވި ޖަވާބެއްގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި ތިބީ ގާބިލު އަދި އިހްލާސްތެރި ފުލުހުން ކަމަށެވެ. އަދި ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބޭކަމަށް ބުނުމަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން