މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު 24 ގަޑިއިރު ބަންދުގައި ހުންނަވަން ޖެހުމުން ހިތްފަޅައިގެންގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސްނަޝީދު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާކަމަށް ބުނެ، އެކަން ބެލުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅި މައްސަލައިގެ ބަހުސްގައި މެންބަރު ސަޢީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ހުކުރުދުވަހުގެ އެއްވުމާގުޅިގެން ހައްޔަރުކޮށްގެން ގެންގޮސް ބެހެއްޓި ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާކަމަށެވެ. އޭގެ އިތުރުން މުއްދަތު ޖެހުމަށް ޤާޟީއެއްގެ ކުރިމައްޗަށް ގެންނަން ޖެހޭތީ ގޮޅިއެއްގެ ތެރޭގައި 8 ގަޑިއިރު ވަންދެން ގޮޑިއެއްގައި ބޭންދިކަމަށް ސައީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ސަޢީދަށް ދިމާވީ އަނިޔާވެރި ގޮތެއް ކަމަށާއި އެކަންކަމާމެދު އެމަނިކުފާނުވެސް ހިތްފަޅައިގެންދިޔަ ކަމަށެވެ.
"24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހުމާ ގޮޑިއެއްގައި ބައިންދާފައި އިނުމާ. އަޅުގަނޑުވެސް ހިތްފަޅައިގެންދިޔަ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅުހަދައި "ނޭވާ ހޮޅިއަށް"، ނަމުގައި އިދިކޮޅު ކޯލިޝަނުން ހުކުރުދުވަހު ހަވީރު ބޭއްވުމަށް މަސައްކަތްކުރި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދަށް އެސްއޯ ފުލުހުން ގެންގޮސް މުޒާހަރާ ހުއްޓުވާފައެވެ.
އެޙަރަކާތުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުންވަނީ ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު