އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަށް ކުރީގެ ރައީސް، ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރު ކުރި ފަރާތްތަކަށް ކުރިއަށް އޮތް ތިން މަހަށް، މަހެއްގެ މައްޗަށް 5000 ރުފިޔާ ދިނުމަށް ނިއްމައި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެފައިސާ ސަރުކާރުން މިހާރު ވަނީ ދޫކުރަން ފަށާފައެވެ. ލޮކްޑައުން އަށް ލުއިތަކެއްދީ ފިހާރަ ތަކާއި އާންމު ބައެއް ޚިދުމަތްތައް ވެސް ހުޅުވާލުމުގެ ހުއްދަ ސަރުކާރުން މިހާރު ވަނީ ދީފައެވެ.
މީގެއިތުރުން ކޯވިޑް-19އާއި ގުޅިގެން މޮނިޓަރިންގެ ހާލަތު ނެތް ރަށްރަށުގައި އާންމު ޚިދުމަތްތަކާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހެލްތް ޕޮރްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ދީފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި، ރައްޔިތުންނަށް އިތުބާރުކޮށް ނިއުނޯމަލްގައި އަމިއްލަ މަސައްކަތްތައް ކޮށް އަލުން ޢާމްދަނީ ހޯދައިގެން ދިރިއުޅެވޭނެ ގޮތް ހެދުމަށް އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ. އަދި ޒިންމާދާރު ކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުމަށާއި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"ސިއްހި ޚިދުމަތްތެރިން އަޅުގަނޑުމެން ހޭލުންތެރިކުރައްވައި ތިޔަ ދެއްވާ އިރުޝާދުތަކަށް ޝުކުރިއްޔާ! އަޅުގަނޑުމެން ނިއުނޯމަލް އަށް ތައްޔާރު." ރައީސް ވަހީދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
ރައީސް ޑރ. ވަހީދު ހަސަންމަނިކު ދެ އަހަރާއި ދުވަސްކޮޅަކު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރައީސް މުހަންމަދު ނަޝީދުގެ އެންމެ ފުރަތަމަ ނާއިބު ރައީސެވެ. އަދި ދިވެހި ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު އެންމެ ފުރަތަމަ ރައީސުލްޖުމުހޫރިއްޔާގެ ނާއިބަކީ ވެސް އެމަނިކުފާނެވެ.
ރައީސް ވަހީދަށް ވެރިކަން ލިބިވަޑައިގަތީ ދައުރު ހަމަނުވަނީސް ރައީސް މުހަންމަދު ނަޝީދު އިސްތިއުފާދެއްވުމުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ވަހީދަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލައްވަންޖެހިވަޑައިގެންފައެވެ.
އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަށް ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ގޮވާލައްވާފައިވާއިރު މަހުން މަހަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ ސަރުކާރުން މުސާރަ ނުލިބޭ އެތައް ބަޔަކު ތިބޭނެ ކަމަށް ބަލައިގެން އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ނުކުރާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Trust the wisdom of our people to act safely when you relax Covid restrictions. Allow us to behave responsibly and restart our economy and life. Believe in our collective wisdom. Thank you experts for educating us. We are ready to live the new normal. #coronavirus #Maldives
— Mohamed Waheed (@DrWaheedH) May 29, 2020
ރައީސް ޑރ. ވަހީދު ހަސަންމަނިކު ދެ އަހަރާއި ދުވަސްކޮޅަކު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރައީސް މުހަންމަދު ނަޝީދުގެ އެންމެ ފުރަތަމަ ނާއިބު ރައީސެވެ. އަދި ދިވެހި ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު އެންމެ ފުރަތަމަ ރައީސުލްޖުމުހޫރިއްޔާގެ ނާއިބަކީ ވެސް އެމަނިކުފާނެވެ.
ރައީސް ވަހީދަށް ވެރިކަން ލިބިވަޑައިގަތީ ދައުރު ހަމަނުވަނީސް ރައީސް މުހަންމަދު ނަޝީދު އިސްތިއުފާދެއްވުމުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ވަހީދަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލައްވަންޖެހިވަޑައިގެންފައެވެ.
އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަށް ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ގޮވާލައްވާފައިވާއިރު މަހުން މަހަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ ސަރުކާރުން މުސާރަ ނުލިބޭ އެތައް ބަޔަކު ތިބޭނެ ކަމަށް ބަލައިގެން އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ނުކުރާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު