މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާޢީލަށާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާފައިވާ ރޮޒޭނާ އާދަމަށް ގދ. އަތޮޅުގެ ރަށްރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ކެމްޕޭނުގައި ގދ. އަތޮޅަށް ވަޑައިގެން މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ފަރެސްމާތޮޑާއަށެވެ. އަދި އެއަށްފަހު ވާދޫ އަދި ގައްދޫއަށް ވެސް ފައްޔާޒުގެ ޓީމްވަނީ ވަޑައިގެންފައެވެ. މި ރަށްރަށަށް ފައްޔާޒުގެ ޓީމް ވަޑައިގެންނެވުމުން އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ، ފައްޔާޒަށް މަރުހަބާ ކިޔުމަށް ނުކުމެތިބި މީހުންގެ އަދަދުގެ ގިނަކަމެވެ. ފައްޔާޒަށް މަރުހަބާ ކިޔުމަށް ބަނދަރުމަތީ ދިގު ސަފުތައް އޮތީ އަތުރާލާފައެވެ.
މަރުބަބާ ކިޔަން ނުކުމެތިބި މީހުންގެ އަދަދުގެ ގިނަކަން ފާހަގަ ކުރައްވައި ފައްޔާޒުގެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅެއްކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) މިއަދު ވިދާޅުވީ، މަންޒަރު ވަރަށް ސާފު ކަމަށާއި "މިއޮއްބޮޑު ޕާޓީ ނިންދަވާފައި ދެން ނުބޭއްވޭނެކަމުގެ ކުލަވަރުތައް ރަށަކަށްފަހު ރަށަކުން ފެންނަމުންދާ" ކަމަށެވެ. އަދި ރަންރީނދޫ ލަސްކަރު ނުކުމެއްޖެ ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.
ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ފައްޔާޒު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރަށްވަމުންނެވެ. އެގޮތުން ގދ. އަތޮޅަށް ވަޑައިގެންނެވީ ބ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ދުވަސްކޮޅަކު މާލޭގައި މަޑުކުރެއްވުމަށްފަހުއެވެ.

Faresmaathodaa
— Moosa Ali Manik 🇲🇻 (@VMookey) March 28, 2022
Vaadhoo
Gahdhoo
Manzaru saafu. MDP ge asaas thakaa ehgothah party hingaalan jehey. Nindhafa mioh bodu party dhen nubeyvveyne kamuge kulavaru rashakah fahu rashakun dhanee fennamun. Reendhoo lashkaru nukumejje.#MDPhingaalan#MDPehkohkuriyah#Faya4CP#Rozey4ARR pic.twitter.com/uugmci3ZRJ
ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ފައްޔާޒު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރަށްވަމުންނެވެ. އެގޮތުން ގދ. އަތޮޅަށް ވަޑައިގެންނެވީ ބ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ދުވަސްކޮޅަކު މާލޭގައި މަޑުކުރެއްވުމަށްފަހުއެވެ.
ކިޔުންތެރިންގެ ހިޔާލު