މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބަކީ ޕާޓީއާއި ގައުމުގެ ކުރިމަގު ބިނާކުރަން އެ ޕާޓީގެ މެންބަރުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާފައިވާ ރޮޒޭނާ އާދަމް މިއަދުވަނީ އިންތިޚާބުގެ ކެމްޕޭންގައި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.
އެގޮތުން މިދަތުރުފުޅުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޕާޓީން ހުސްވެފައި މިއޮތީ ޕާޓީގެ އިދާރީ އިސް މަގާމު ކަމަށާއި މި އިންތިހާބަކީ އެމްޑީޕީއާއި ގައުމުގެ ވެސް މުސްތަގުބަލު ބިނާކުރުމަށްޓަކައި އެމްޑީޕީގެ މެންބަރުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"މި ފުރުސަތު ތިބޭފުޅުން ބޭނުން ކުރެއްވުމުގައި މިކަން ކުރެވޭނީ ކާކަށްތޯ ބެލުމަކީ ވަރަށް މުހިންމުކަމެއް. އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑު ތިބޭފުޅުންނަށް ހުށަހަޅާ ސަބަބުތައް. އަޅުގަނޑު ތިބޭފުޅުންނަށް މި ހުށަހަޅަނީ، ޕާޓީ ހިންގާލެވޭނީ ހިންގުން ތެރިޔަކަށޭ." ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
މިކޭމްޕުގައި ފައްޔާޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން ރޭވެސް ވިދާޅުވީ އެމްޑީޕީ މިހާރު ހިނގަންވާވަރަށް ނުހިނގާ ކަމަށެވެ. އެހެންކަމުން ޕާޓީ ބާރަށް ހިންގާލެވޭނީ އޭނާގެ ޓީމަށް ކަމަށް ފައްޔާޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
ކެމްޕޭނުގައި ގދ. އަތޮޅުން ފަރެސްމާތޮޑާ، ވާދޫ އަދި ގައްދޫއަށް ވެސް ފައްޔާޒުގެ ޓީމް މިއަދު ވަނީ ވަޑައިގެންފައެވެ. މި ރަށްރަށަށް ފައްޔާޒުގެ ޓީމް ވަޑައިގެންނެވުމުން އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ، ފައްޔާޒަށް މަރުހަބާ ކިޔުމަށް ނުކުމެތިބި މީހުންގެ އަދަދުގެ ގިނަކަމެވެ. ފައްޔާޒަށް މަރުހަބާ ކިޔުމަށް ބަނދަރުމަތީ ދިގު ސަފުތައް އޮތީ އަތުރާލާފައެވެ. އަދި ފައްޔާޒަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ފައްޔާޒު ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރަށްވަމުންނެވެ. އެގޮތުން ގދ. އަތޮޅަށް ވަޑައިގެންނެވީ ބ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ދުވަސްކޮޅަކު މާލޭގައި މަޑުކުރެއްވުމަށްފަހުއެވެ.
ފައްޔާޒުވެ އިތުރުން ދެން އެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ވެސް ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންގެ 55 އިންސައްތަ މެންބަރުންނާ އިންތިގެ ޓީމުން މިހާރު ބައްދަލު ކޮށްފައިވާކަމަށް ރޭ އެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު