މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކަމުގެ އިންތިހާބަށް ނުކުންނެވީ ރައީސް މުޙައްމަދު ނަޝީދުގެ ވެސް އެހީތެރިކަމާއެކު ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާފައިވާ ރޮޒޭނާ އާދަމް މިއަދުވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ގައި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.
އެގޮތުން ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އޭނާ ޗެއާޕާސަންކަމަށް ވާދަކުރަނީ ރައީސް ނަޝީދު އެޕާޓީގެ ހަރަކާތްތަކުން އެކަހެރިކުރަން ނުވަތަ، ބޭރުކުރަން ވެސް ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް، އެ މަގާމަށް ވާދަކުރުމުގެ ކުރިންވެސް އަދި މިހާރުވެސް ނުގެންގުޅުއްވާ ކަމަަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ބާކީ ކުރާކަށްވެސް، އެކަހެރި ކުރާކަށްވެސް، ޕާޓީއިން ބޭރުކުރާކަށްވެސް، އެއްވެސް ކަހަލަ ނިޔަތެއް އޮވެގެން ނޫން އަޅުގަނޑު މިކަން ފެށީ، އަޅުގަނޑު މިކަން ފެށީ ރައީސް ނަޝީދުގެވެސް އެހީތެރިކަމާ އެކު، ދެން ހިޔާލު ފަހުން ބަދަލުވީ،" ފައްޔާޒު އެ މަގާމަށް ވާދަ ކުރައްވަނީ ރައީސް ނަޝީދު ޕާޓީން ބޭރުކުރަން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އޭނާއަކީ ސިޔާސީ މީހެއް ކަމަށާއި އޭނާ އިލެކްޝަނަކުން ބަލިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ފަހަތަށް ޖެހުމަކީ އޭނާއަށް މައްސަލައެއް ކަމަށާއި އެހެންކަމުން [ޗެއާޕާސަންކަމަށް] ނުކުތުމުގައި ފަހަތަށް ޖެހެވެން ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކުރިން ވެސް ފައްޔާޒު ވިދާޅުވެފައިވާގޮތަށް، މިއަދު ވެސް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެވޭނެ މީހެއް މި ރާއްޖެއަކު ވެސް ނެތް ކަމަށެވެ. އަދި ފައްޔާޒު އެ އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އާދެވުމަކީވެސް ރައީސް ނަޝީދު އެޕާޓީއިން ވަކިކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިޙަށް ތާއީދުކުރާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންނާއި ދެމެދު ދެ ފެކްޝަން ހެދިފައިވާއިރު، ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ، ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ޓީމުންދަނީ ފައްޔާޒު ޗެއަރޕާސަންގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވަނީ ރައީސް ނަޝީދު ޕާޓީން އެކަހެރި ކުރަންކަމަށް ބުނެ ވަރަށް ބޮޑަށް އެންޓި ކެމްޕޭން ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް، ފައްޔާޒު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ މިހާރު ހިނގަންވާވަރަށް ނުހިނގާ ކަމަށެވެ. އެހެންކަމުން ޕާޓީ ބާރަށް ހިންގާލެވޭނީ އޭނާ މަގާމަށް ހޮވައިގެން ކަމަށެވެ.
ކެމްޕޭނުގައި ގދ. އަތޮޅުން ފަރެސްމާތޮޑާ، ވާދޫ އަދި ގައްދޫއަށް ވެސް ފައްޔާޒުގެ ޓީމް މިއަދު ވަނީ ވަޑައިގެންފައެވެ. މި ރަށްރަށަށް ފައްޔާޒުގެ ޓީމް ވަޑައިގެންނެވުމުން އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ، ފައްޔާޒަށް މަރުހަބާ ކިޔުމަށް ނުކުމެތިބި މީހުންގެ އަދަދުގެ ގިނަކަމެވެ. ފައްޔާޒަށް މަރުހަބާ ކިޔުމަށް ބަނދަރުމަތީ ދިގު ސަފުތައް އޮތީ އަތުރާލާފައެވެ. އަދި ރަތް ދޫލައިގެ މަރުހަބާއެއް ފައްޔާޒަށް ވަނީ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު