ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  މާލޭގެ މޭޔަރު ޝިފާ މުހަންމަދު ބައިވެރިވަޑައިގަންނަވަނީ
ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ މުހަންމަދު ބައިވެރިވަޑައިގަންނަވަނީ
ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ނުކުރާ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ނުދޭން އިކޮންމިކް މިނިސްޓްރީ އިން ނިއްމި ނިއްމުން މާލެ ސިޓީ ލޮކްޑައުން ކޮމެޓީގައި މަޝްވަރާ ކުރާނެ ކަމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިތަކުގައި މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ވަނީ ބުނެފައެވެ. އެގޮތަށް ނިއްމައިފަައިވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރުމަށް އަމަލުކުރާނެ ގޮތުގެ އުސޫލުގައެވެ.

އެކަމާ ގުޅިގެން ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓުވީޓާގައި މީހަކު ލިޔެފައިވަނީ ބައެއް އާންމުންނަކީ ކޮންމެ ދުވަހަކު އަމިއްލަ މަސައްކަތުން އެ ދުވަހަކު ލިބޭ އެއްޗަކުން އާމްދަނީ ހޯދަމުންދާ ބަޔެއް ކަން ސަރުކާރުން ދަންނަންޖެހޭނެ ކަމަށެވެ. އެފަދަ ފަރާތްތަކަކީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީވެފައިވާ ބަޔަކަށް ނުވާއިރު އެއީ އުޒުރަކަށް ހަދައިގެން ހުއްދަ ނުދީ ހިފެހެއްޓުމަކީ އިންސާފުވެރި ނިއްމުމެއް ނޫން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަކީ ސިވިލް ސާވިސްގައި ސަރުކާރު ވަޒީފާއެއްގަައި ނުވަތަ އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

އެކަންބޮޑުވުމާއި ގުޅިގެން މާލޭގެ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވީ އިކޮންމިކް މިނިސްޓްރީގެ އެ ނިއްމުމާއި ގުޅިގެން އެކަމާ މެދު މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިއްމަވާނެ ކަމަށެވެ.

https://twitter.com/SifaMohammed/status/1266465226959937536?s=19

"ފްރީލާންސަރުންނަށް ދޭ ހުއްދައިގެ މައްސަލައިގައި ލޮކްޑައުން ކޮމެޓީގައި މަޝްވަރާކުރުމަށް މިދަނީ މަސައްކަތް ކުރަމުން، ވަރަށް އަވަހަށް އެމައްސަލައަށް ހައްލެއް ލިބިގެންދާނެ." މާލޭގެ މޭޔަރު ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ ލޮކްޑައުންގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން