އެމްޑީޕީން ލ. ގަމު ހޮސްޕިޓަލްގެ ޙާލަތު އޮއްބާލަން މަސައްކަތްކުރުމަކީ "ލަދުވެތި" ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
މެންބަރު ސިރާޖް މިމޭރުމުން ވިދާޅުވެފައިވަނީ ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައި މާވަށުދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި މޫސާ ސިރާޖު ވިދާޅުވީ މިއަދަކީ ލަދުވެތި ދުވަހެއް ކަމަށެވެ. އެގޮތުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެމްޑީޕީގެ މެންބަރުން "ރަތަށް" ފިތުމަކީ "ލަދުވެތި" ކަމެއް ކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.
މޫސާ ސިރާޖު ވިދާޅުވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި އެކްސްރޭއެއް ނުނެގޭތާ 3 މަސްވެއްޖެ ކަމަށާއި ދަތުގެ ފަރުވާއެއް ނުކުރެވޭތާ އަހަރެއް ވެފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޭން ޑޮކްޓަރެއް ނެތްތާވެސް 6 މަސް ވެފައިވާކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.
"މިފަދަ މައްސަލައެއް ހުށައެޅީމަ އަޅުގަނޑު ނިސްބަތްވާ ޕާޓީގައި ތިބި ފަރާތްތަކުން "ރަތަށް" ފިތުމަކީ ހަމަ ޙަޤީޤަތުގައިވެސް ލަދުވެތި ކަމެއް. ލ. އަތޮޅުގައި ހުރި ގަން ރީޖަނަލް ހޮސްޕިޓަލްގެ ޙާލަތު ހަމަ ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް ދަށް." މޫސާ ސިރާޖު ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ ގަމު ހޮސްޕިޓަލްގެ ޙާލަތު ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް އެތައްފަހަރަކު ގެނެސްފައިވާ ކަމަށެވެ. އެންމެ ފަހުން ޙައްލެއް ނުލިބިގެން އެ މައްސަލަ މަޖިލީހަށް ހުށައެޅުމުން އެމްޑީޕީގެ މެންބަރުން "ރަތަށް" ފިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕާޓީއަކީ ކަންކަން އޮންނަގޮތް ޤަބޫލުކޮށް އެކަން ރަނގަޅުކުރަން ވަކާލާތު ކުރާ ބައެއް. ހޮސްޕިޓަލްގެ ޙާލަތުގޯސް. އެއްގޮތަކަށްވެސް ހޮސްޕިޓަލެއް ނުހިންގޭ. ހޮސްޕިޓަލަށް މިސަރުކާރު އައިސްގެން ކޮންމެސްވަރެއްގެ ބަދަލުތަކެއް ގެންނަން މަސައްކަތްކުރި. އެހެންނަމަވެސް މައިގަނޑު ބަދަލަކަށް ގެނެވުނީ އެކީގައިއުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން." މޫސާ ސިރާޖް ވިދާޅުވިއެވެ.
މޫސާ ސިރާޖު ވިދާޅުވީ ހޮސްޕިޓަލްގެ ހިންގުން ބޮއްސުންލައިގެންދިޔައީ ހިންގުންތެރިކަން ނެތް ފަރާތްތަކެއް ލައިގެން ބޯޑެއް އެކުލަވާލި ހިސާބުން ކަމަށެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް 400 މީހުން ޑޮކްޓަރަށް ދައްކަމުންދިޔަ ކަމަށާއި ނަމަވެސް މިއަދު އެޢަދަދު 100 އަށްވެސް ނާރާ ކަމަށް މޫސާ ސިރާޖް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު