ވިޕްލައިން ބްރޭކްކޮށް އެމްޑީޕީގެ މެންބަރުން ދިން ވޯޓާއެކު ގަމު ހޮސްޕިޓަލްގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ސަޢީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށް ސައީދުގެ މައްސަލައިގައި ވެއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ކުޑަވުމާއި ހިންގުން ހަރުދަނާނުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަންވެސް ސައީދު ފާހަގަ ކޮށްފައިވެއެވެ.
އެމައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 18 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ، 16 މެމްބަރުންނެވެ. މައްސަލަ ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް އެމްޑީޕީން ވިޕް ނެރެފައިވީނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިޕްލައިން ބްރޭކްކޮށް ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދީފައެވެ.
މައްސަލައިގެ ބަހުސްގައި ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން މިމައްސަލައަށް ތާއީދުކުރެއްވީ ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކާއި ޕީޕީއެމަށް ތާއީދުކުރާ މެމްބަރުންނެވެ. ރައީސް ސާލިހުގެ ފެކްޝަންގެ މެންބަރުން މި މައްސަލައަށް ތާއީދެއް ނުކުރެއެވެ.
ރައީސް ޞާލިޙަށް ތާޢީދުކުރާ މެމްބަރުން ވިދާޅުވީ މިއީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރަން މަސައްކަތްކުރާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.
ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމާއި މެދު ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އޮތްކަމަށެވެ. އަދި އެކަންކަން ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު