ނަރުދޫ
ނަރުދޫ
ށ.ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށައް އަންގައިފިއެވެ.

ނަރުދޫ މޮނިޓަރިންއަށް ގެނެސްފައިވަނީ މާލެ އިން ފުރައިގެން މިދިޔަ މޭ 15 ވަނަ ދުވަހު އެރަށަށް ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެރަށް މޮނިޓަރިން ހާލަތަށް ގެނެސް ގެއިން ބޭރަށް ނުކުތުން އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ 12:32 އާއި ހަމަޔަށް ވަނީ މަނާކޮށްފައެވެ.

ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިކަން އަންގާ ފޮނުވި ލިއުމުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު މޮނިޓަރިންގެ ހާލަތުގައި އިތުރަށް އެރަށް ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މި ނިއްމުމާއެކު މޮނިޓަރިންގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް އުވިގެންދާނެކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ނަރުދޫ މޮނިޓަރިން ހާލަތުން ނެގިކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭ 23:32 ހާއިރުއެވެ. އަތޮޅުތެރެއިން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ކޭސް ރިޕޯޓް ކުރީ ނަރުދޫއިންނެވެ. އެރަށުން ޖުމްލަ 11 މީހަކަށް ބަލި ޖެހިފައިވާ ކަން ފާހަގަކުރެވެއެވެ. އެރަށުން ބަލި ޖެހުނު މީހުންނަކީ އަމާޒު ބޯޓުގެ ކައްޕިއާއި އޭނަގެ އާއިލާގެ ތިން މީހުންނާއި ، ބޯޓުގެ ދެ ފަޅުވެރިންނާއި އެ އާއިލާގެ އިތުރު ތިން މީހުންނާއި، އަމާޒު ބޯޓުން ދަތުރުކުރި މިލަންދޫ މީހެކެވެ. ނަރުދޫ އަދި މިލަންދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު ތިބީ ހދ. ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައެވެ.

ބަލި ޖެހުނު އެންމެންގެ ވެސް ޑަބަލް ސާމްޕަލް ނަގާފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ކަމަށް ރަސް އޮންލައިން އަށް އެނގިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން